ލިޔުނީ; އަޒްހީން

ދިރިއުޅުމުގެ ހުނަރާއި އަމަލީ ތަޖުރިބާއަކީ އެކަޑެމިކް ކާމިޔާބީތަކާ ދާދި އެއްވަރަށް މުހިންމު ހުނަރެކެވެ. މުސްތަޤްބަލުގައި ލިބޭ ކާމިޔާބީތަކަށް ދަރިން ތައްޔާރުކުރުމުގައި މައިންބަފައިންގެ ދައުރު ވަރަށްބޮޑެވެ. ދަރިފުޅަށް މުސްތަގުބަލުގައި ކާމިޔާބީ ހޯދައިދިނުމަށްޓަކައި ގޭތެރެއިން ދަސްކޮށްދެވިދާނެ 10 ހުނަރަށް ބަލާލަމާ ހިނގާށެވެ.

1. ކެއްކުމުގެ ހުނަރު: ކެއުން ތައްޔާރުކުރުމާއި، ކާބޯތަކެތީގެ ރައްކާތެރިކަމާއި، ކެއްކުމުގެ އަސާސީ ކަންކަމަށް ކުދިން އަހުލުވެރިކޮށް، ހަށިގަނޑަށް ފައިދާހުރި ކެއުމުގެ އާދަތައް ދަސްކޮއްދިނުން.

2. ވަގުތު ހެޔޮ ގޮތުގައި ބޭނުން ކުރާނެގޮތް: ޝެޑިއުލް ކުރުމާއި މުހިންމު މަސައްކަތްތަކަށް އިސްކަން ދިނުމާއި ސުންގަޑިހަމަކުރުން ފަދަ ހަރުދަނާ ޓައިމް މެނޭޖްމަންޓް ސްކިލްސް މެދުވެރިކޮށް މަސްއޫލިއްޔަތުތައް ބެލެންސްކޮށް އުފެއްދުންތެރިކަން އިތުރުކުރުމުގެ ފަންނު އަށަގެންނެވުން.

3. ސާފުތާހިރުކަމާއި ރޭވުންތެރިކަން: ލޯންޑްރީ ފައްޖެހުމާއި، ކޮމިއުނިޓީ ސަރަޙައްދުތައް ސާފުކޮށް، ކޮޓަރި ފަދަ ތަންތަން ސާފުކުރުން އަދި ގޭތެރޭގެ މަސައްކަތްތަކުގައި ޝާމިލުކޮށްގެން ޒިންމާއާއި އަމިއްލަ ނަފްސުގެ ސުލޫކު ޤާއިމުކުރުން.

4. ފައިސާ ގެންގުޅޭނެ ގޮތް: ސޭވިންގްސް އަދި "ވޯންޓްސް އެންޑް ނީޑްސް" ވަކިކުރުން ނުވަތަ ޒަރޫރީ ބޭނުންތަށް ވަކިކުރަން ދަސްކޮށްދީ، މާލީ މިނިވަންކަމާއި ވިސްނުންތެރިކަމާއެކު ނިންމުންތައް ނިންމުމުގެ އުކުޅުތައް ކުދިންނަށް ދަސްކޮށްދިނުން.

5. ގޭތެރޭގެ ކުދިކުދި މަސައްކަތްތައް: ބޮކި ބަދަލުކުރުމާއި ލީކުވުން ހައްލުކުރުން ކަހަލަ ކުދި ކުދި މަރާމާތުތައް ފަދަ އަސާސީ ހޯމް މެއިންޓެނެންސް ހުނަރުތަކުގައި ކުދިން ބާރުވެރިކުރުވުން.

6. ބަގީޗާ އާއި ތިމާވެށީގެ އަޅާލުން: ގަސް އިންދުމާއި ތަރުބިއްޔަތުކުރުމާއި ބެލެހެއްޓުމުގައި ކުދިންނަށް އިރުޝާދުދީ، ކާބޯތަކެތީގެ ބާވަތްތައް ހެއްދުމާ ބެހޭ ގޮތުން އެކުދިންނަށް އަލިއަޅުވާލައި ތިމާވެށީގެ ހޭލުންތެރިކަމާއި ލޯބި އިތުރުކުރުން

7. ފަސްޓް އެއިޑް އެންޑް އިމަޖެންސީ ޕްރިޕެއާޑްނެސް: ސީޕީއާރު، ޒަހަމްތަކަށް ފަރުވާ ދިނުމާއި ކްރައިސިސް މެނޭޖްމަންޓް ފަދަ ޒަރޫރީ ފަސްޓް އެއިޑް ގެ މައުލޫމާތު ކުދިންނަށް ފޯރުކޮށްދިނުންމުން ކުއްލި ހާލަތްތަކުގައި އެކުދިންނަށް ހަމަހިމޭންކަމާއި ހަރުދަނާ ގޮތެއްގައި އުޅުން ދަސްވާނެ

8. ފެހުމާއި މެންޑްކުރުން: ގޮށް ހަރުކުރުމާއި ވީދިފަ ހުންނަތަންތަން ފަހަން ދަސްކޮއްދިނުމުން އަމިއްލަ ފުދުންތެރިކަން އިތުރުކޮށް، ފޭރާމުގެ އުމުރު ދިގުކުރުމުގެ ގާބިލުކަން ކުދިންނަށް ލިބިގެންދާނެ.

9. އަސާސީ ވަޑާން ކުރުުމުގެ ހުނަރު: އަސާސީ ވާޑަންކުރުމުގެ މަސައްކަތް، ކްރާފްޓިން އަދި ހޯމް ޑެކަރ ޕްރޮޖެކްޓްފަދަ ޑީއައިވައި މަސައްކަތްތައް މެދުވެރިކޮށް އުފެއްދުންތެރިކަމާއި މައްސަލަ ހައްލުކުރުމުގެ ޤާބިލްކަމަށް ހިތްވަރުދިނުން

10. ކޮމިއުނިކޭޝަން އެންޑް ކޮންފްލިކްޓް ރިޒޮލިއުޝަން: މީހުންގެ ފާޑުކިޔުންތައް ކެތްތެރިކަމާއެކު އަޑުއެހުމާއި، ވިސްނުމާއި އިހުސާސްތައް ބިނާކޮށް ފާޅުކުރުމަށް ބާރުއެޅުން. އަދި ހަރުދަނާ މުވާސަލާތީ އަދި ކޮންފްލިކްޓް ރިޒޮލިއުޝަން ހުނަރުތައް ކުރިއަރުވައި، އެހެން މީހުންނާމެދު ރަނގަޅު ހަރުދަނާ ގުޅުމެއް ބިނާ ކުރުމުގެ ހުނަރު ދަސްކުރުން.

ކުރިއަރާފައިވާ މިޒަމާނުގައި ދަރިޔަކަށް މިދަންނަވާލެވުނު ހުނަރުތައް ދަސްކޮށްދެވިއްޖެނަމަ އޭގެ ފައިދާ އެކުއްޖެއްގެ މުޅި ހަޔާތުންވެސް ފެންނާނެކަން ޔަގީނެވެ. ހަމައެކަނި އިލްމީ ގޮތުން ކުރި ހޯދުމުގެ ބަދަލުގައި އަމިއްލަ އަތުންފައިން ގޭތެރޭގައި ކޮށްލެވޭ މަސައްކަތްތައް ދަރިންނަށް ދަސްކޮށްދެވިއްޖެ ކަމުގައިވާނަމަ އެތައް ފައިސާއެއް ރައްކާ ކުރެވޭނެކަންވެސް ޔަގީނެވެ.