ރަޝިޔާގެ ދައުލަތަށް ނުރައްކަލެއް ކުރިމަތި ވެއްޖެ ނަމަ ނިއުކްލިއާ ހަތިޔާރު ބޭނުން ކުރާނެ ކަމަަަށް އެގައުމުގެ ރައީސް ޥްލެޑެމިއާ ޕޫޓިން ވިދާޅުވެއްޖެއެވެ.
ޕޫޓިން މިހެން ވިދާަޅުވީ މިދިޔަ އަނގާރަ ދުވަހު މީޑިއާއަށް ޝާއިރު ކުރެވުނު އިންޓަވިއުއެއްގައެވެ. މި އިންޓަވިއުގައި އެމަނިކުފާނު ވިދާޅުވީ ރަޝިޔާއިން ނިއުކްލިއާ ހަތިޔާރު ބޭނުން ކުރަން ތައްޔާރަށް އޮތް ކަމުގައި ވިޔަސް އަދި އެ ބޭނުން ކުރަން ޖެހޭ ހާޅަތެއް ކުރިމަތި ނުވާ ކަމަށެވެ. ޕޫޓިން މިހެން ވިދާޅުވީ ކަމެއް ދިމާވެއްޖެ ހާލަތެއްގައި ކަންކުރައްވާނެ ގޮތާއި މެދުގައެވެ. ރަޝިޔާއިން މިފަދަ ހާލަތެއްގައި ނިއުކްލިޔާ ހަތިޔާރު ބޭނުން ކުރަން ތައްޔާރަށް އޮތް ކަމުގައި ވިޔަސް އެގައުމުން މިފަދަ ހައިތާރެއް ބޭނުން ކުރާކަށް ބޭނުމެއް ނުވެއެވެ.
މީގެއިތުރުން ޕޫޓިން ވިދާޅުވީ އެމެރިކާގެ ސިފައިން ޔޫކްރެއިނަށް އަތުވެއްޖެ ހާލަތެއްގައި ރަޝިޔާއިން އެމީހުން ބަލައިގަންނާނީ އެހެން ގައުމުތަކުގެ ކަންކަމާ ބެހޭ ބައެއްގެ ގޮތުގައި ކަމަށެވެ. އަދި އެމެރިކާއިން ނިއުކްލިއާ ހަތިޔާރު ތައްޔާރު ކުރަމުން ދިޔަ ކަމުގައި ވިޔަސް އެމީހުން މިފަދަ ހަނގުރާމައަކަށް ތައްޔާރެއް ނޫން ކަމަށް ޕޫޓިން ވިދާޅުވިއެވެ.
(މަައުލޫމާތު: ސީއެންއެން)