ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓު ޖެނެރަލް، އަބްދުއްރަހީމް އަބްދުއްލަތީފް އަންނަ މަހު ރިޓަޔާ ކުރައްވަން ނިންމަފައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމަނިކުފާނު ސިފައިންގެ ހިދުމަތާ ދުރަށް ވަޑައިގަންނަވަނީ އަންނަ އޭޕްރީލް މަހު 17 ގައެވެ.

އެމަނިކުފާނު ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ރައީސް ޑރ. މުއިއްޒު އައްޔަންކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ގައެވެ. ޗީފް އޮފް ޑިފެންސްގެ މަގާމަށް އަބްދުއްރަހީން އައްޔަންކުރެއްވުމަށް ފަހު، ޑިސެމްބަރު މަހުގެ ތެރޭގައި ލެފްޓިނެންޓް ޖެނެރަލް ރޭންކަށް އޭނަ ޕްރޮމޯޓް ވެސް ކޮށްފައިވެއެވެ.

ސިފައިންގެ ގާނޫނުގައި ބަޔާން ކޮށްފައި ވާގޮތުން، ސިފައިންގެ ހިދުމަތުގައި ހުރެވޭނީ އުމުރުން 60 އަހަރުވަންދެނެވެ. މައުލޫމާތު ލިބިފައިވާ ގޮތުން އެމަނިކުފާނު އެމްއެންޑީއެފްގެ ހިތުމަތުގައި އޭނާ އުޅުއްވާތާ މިހާރު ވަނީ ތިރީސް ހަތް އަހަރުވެއެވެ.