ބޭނުންވާ ތަކެތި:

  • 2 ޖޯޑު ބައި ފުށް
  • 3/1 ސައި ސަމުސާ ލޮނުފެން ފޮދެއް( މަސްގަނޑަށް )
  • 2 ދަޅު މަސް
  • 2 މޭޒުމަތީ ސަމުސާ ސޯޔާސޯސް
  • 1 ސައި ސަމުސާ ބައި ހިމުންކޮށް ކޮށާފައި ހުރި ގިތެޔޮމިރުސް
  • 1 ސައި ސަމުސާ ބައި އިނގުރު ލޮނުމެދު ޕޭސްޓް
  • 2 ފިޔާ ވަރަށް ހިމުން ކޮށް ކޮށާފައި ހުރި
  • 2/1 ސައި ސަމުސާ މުގުރި އަސޭމިރުސް
  • 4/1 ޖޯޑު ތެޔޮ
  • 1 ސައި ސަމުސާ ޗިކަން ކިއުބް

ތައްޔާރު ކުރާނެ ގޮތް:

ފުށާއި ލޮނުކޮޅު އެއްކޮށްފައި ފެންފޮދެއް އެއްކޮށްގެން ރޮށި ފިހެން ފުށްގަނޑު މޮޑޭ ގޮތަށް މޮޑެފައި މަތި ބަންދުކޮށްފައި 1 ގަޑިރު ވަންދެން ބާއްވާށެވެ. އެއަށްފަހު ތަވާ އުނދުން މައްޗަށް އުދާލާށެވެ. ތެޔޮ ފޮދު ތަވާޔަށް އަޅާފައި ހޫނުކޮށްލާށެވެ.

އަދި ތެޔޮފޮދު ހޫނުވުމުން އުނދުން މަތިން ބޭލުމަށްފަހު ލޮނު މިރުސް އަސޭމިރުސް ލޮނުމެދު، އިނގުރު ،ސޯޔާސޯސް މަސް ކިއުބް ތެޔޮފޮދާއި ރަނގަޅަށް އެއްކޮށްލާށެވެ .ހުރިހާ ބާވަތްތައް ރަނގަޅަށް އެއްވެލާ ވަރަށް އެއްކޮށްލާށެވެ.

އެއަށްފަހު ފުށްގަނޑު 1 ގަޑި އިރު ވުމުން ނަގާފައި ދިގުކޮށް އިންޗިއެއް ހުންނަވަރަށް ދިގު ފޯލި ވަށާލާށެވެ. އަދި އެ ފޯލިތަކުން ވަށްކޮށް ފުށްކޮޅުތަށް ތުނިކޮށް ކަފާލާށެވެ. ދެން ހިކި ފުށްކޮޅެއް ބުރުވާލާފައި ކުދި ރޮށި ނުވަތަކުދި މަސް ރޮށި ސައިޒަށް ދަމާލާފައި ތައްޔާކުރި މަހުން މަސްކޮޅެއް މެދަށް އަޅާލާފައި އަތުން ރޫޖައްސަމުން ބައްދާލާށެވެ. ނުވަތަ ޕެޓީސް ތަތްގަނޑުުން ނުވަތަ މޯމޯސް ތަތްގަނޑުން ތައްޔާރު ކޮށްލާށެވެ. ދެން ސްޓީމަރގެ ޓްރޭގައި ފިއްސަކުން ތެޔޮފޮދެއް ހާކާފައި މޯމޯސް ތައް އަތުރާލާފައި އާވިން ކައްކާށެވެ.

ޓޮމާޓޯ ޗަޓްނީ ،މުގުޗަޓްނީ ، ކޮކޮނަޓް ޗަޓްނީ ފަދަބާވަތް ތަކާއި އެކު ސާރވްކުރާށެވެ. މޯމޯސް އަކީ ވަރަށްގިނަ ގޮތްގޮތަށް ތައްޔާރު ކުރާ ބާވަތެކެވެ.

ނޯޓް:(ޖުވޭސް ރެސިޕީ)