މިއަދުން އިން ފެށިގެން ސީ ޓު އެއާ ކާގޯ ޓްރާންސްޝިޕްމަންޓް ހިދުމަތް ފަށާ ގޮތަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.

އެމްޕީއެލްއިން ބުނީ، ރާއްޖެ އަށް ކަނޑުމަގުން މުދާ ގެނެސް ވައިގެ މަގުން އެހެން ގައުމުތަކަށް މުދާތައް ފޮނުވާ 'ސީ ޓު އެއާ' ކާގޯ ޓްރާންޝިޕްމަންޓްގެ ހިދުމަތް މިއަދު ފަށާނެ ކަމަށެވެ.

އަދި މި ހިދުމަތަކީ އެ ކުންފުނީގެ އާމްދަނީ އިތުރުކޮށް، ކުންފުނީގެ ވިޔަފާރި އާ ދާއިރާތަކުން ކުރިއަށް ގެންދިއުމަށް ކުންފުނީގެ މެނޭޖްމެންޓުން އެކުލަވާލި ޕްލޭންތަކުގެ ދަށުން ފަށާ ހިދުމަތެއް ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

މީގެއިތުރުން މި ހިދުމަތުގެ ސަބަބުން އެކި ބާވަތްތަކުގެ މުދާ ބޭރުކުރާ ގައުމުތަކުން ބައެއް ގައުމުތަކަށް އަވަހަށް މުދާ ފޯރުކޮށްދެވޭނެ ކަމަށާއި، ރާއްޖޭގައި މި ހިދުމަތް ފެށުމުން ވިލާތުގެ ގައުމުތައް ހިމެނޭހެން ވައިގެ މަގުން ގިނަ ގައުމުތަކުން ރާއްޖެ އަށް ދަތުރުތައް ކުރާނެ ކަމަށް ވެސް އެމްޕީއެލުން ބުންޏެވެ.

'ސީ ޓު އެއާ'ގެ ހިދުމަތް ދިނުމަށް އެމްޕީއެލުން ކަނޑައަޅާފައިވާ އަގުތަކުގެ ތެރޭގައި 20 ފޫޓުގެ ކޮންޓެއިނަރަކަށް 48.45 އެމެރިކާ ޑޮލަރު40 ފޫޓުގެ ކޮންޓެއިނަރަކަށް 60.20 އެމެރިކާ ޑޮލަރު ހިމެނެއެވެ. އެ ކުންފުނިން ބުނިގޮތުގައި، މި ހިދުމަތް ދޭނީ އެ ކުންފުނީގެ އިތުރުން އެ އެމްއޭސީއެލާއި ބައިނަލްއަގްވާމީ އެއާލައިންތަކާ ގުޅިގެން ކަމަށެވެ.