ލިޔުނީ: އަޒްހީން

އިންޑިޔާގެ ފިލްމު އިންޑަސްޓްރީގެ އެންމެ ދުވަސްވީ ފިލްމު އެވޯޑްތަކުގެ ތެރޭގައި ހިމެނޭ ފިލްމްފެއާ އެވޯޑްސްގެ 69 ވަނަ އެޑިޝަން ގުޖުރާތުގައި ބާއްވައިފިއެވެ.

2024ގެ ފިލްމްފެއާ އެވޯޑްސްގެ ފާހަގަކޮށްލެވޭ ނޮމިނޭޝަންތަކުގެ ތެރޭގައި ރަންބީރު ކަޕޫރުގެ "އެނިމަލް" އަށް 19 ނޮމިނޭޝަނެން ލިބުނެވެ. "ޖަވާން" އާއި "ޑަންކީ" ގައި ޝާހްރުކް ހާން ގެ ޕަފޯމެންސަށް މި އަހަރު އެންމެ މޮޅު އެކްޓަރުގެ ދެ ނޮމިނޭޝަން ވަނީ ހޯދާފައެވެ.

އެންމެ މޮޅު ފިރިހެން އެކްޓަރުގެ އެވޯޑް ރިންބީރް ކަޕޫރު އެނާ ކުޅުނު ފިލްމު "އެނިމަލް" އިން ދެއްކި ޕަފޯމެންސް އިން ހޯދި އިރު، އެންމެ މޮޅު އަންހެން އެކްޓާގެ އެވޯޑު ހޯދީ "ރޮކީ އޯރް ރާނީ ކީ ޕްރޭމްކަހާނީގެ" ތަރި، އާލިއާ ބަޓްއެވެ. އެންމެ މޮޅު ފިލްމުގެ ޝަރަފް މިފަހަރު ހޯދީ 12th ފެއިލްއެވެ. މި ފިލްމުގެ ޑައިރެކްޓަރް ވިދޫ ވިނޮދް ޗޯޕްރާ ވަނީ އެންމެ މޮޅު ޑައިރެެކްޓަރު ގެ އެވޯޑް ހޯދަފައެވެ.

ދެ ދުވަހުގެ މުއްދަތަށް ދިޔަ މި އެވޯޑްސް ގާލާގައި ޑައިރެކްޓަރު ކަރަން ޖޯހަރު 3 އަހަރަށް ފަހު ހޯސްޓެއްގެ ގޮތުގައި އުޅުންއިރު، ރަންބީރު ކަޕޫރް، ކަރީނާ ކަޕޫރް، ކާތިކް އާރްޔަން، ސާރާ އަލީ ޚާން، ދަވަން އަދި ޖާންވީ ކަޕޫރުގެ ޕާފޯމަންސްތައް ވެސް ހިމެނެއެވެ.