ބޭނުންވާ ތަކެތި:

  • 1 ފިޔާ ހިމުން ކޮށް ކޮށާފައި
  • 1 ޖޯޑު ފުނޑާފައިހުރި ހަވާދު(ހުނިހަވާދު)
  • 3 ހިކަނދިފަތް
  • 7 ބުރިމަސް 3 އިންޗިއަށް ބުރިކޮށްފައި ހުރި
  • 1 ކާށީގެ އޮލަބޯކިރު
  • 1 ލުނބޯގެ ހުތް
  • 2/1 ސައި ސަމުސާ މުގުރި ދިރި
  • 1/2 ސައި ސަމުސާ މުގުރި ފޮނިތޮށި ކާފޫރުތޮޅި
  • 4 ޖޯޑު ފެންކިރު
  • 1 ސައި ސަމުސާ ލޮނުމެދު އިނގުރު އެއްކޮށް ޗަސްކޮށްފައިހުރި
  • 6 ރާނބާފަތް ކޮޅު
  • 1 އިންޗިއަށް ބުރި ބުރިކޮށްފައި
  • 1 ޗިކަން ކިއުބް
  • 3/1 ސައި ސަމުސާ މުގުރި ރީނދޫ، ލޮނުކޮޅެއް އަދި ތެޔޮފޮދެއް

ތައްޔާކުރާނެގޮތް:

ފުރަތަމަ ތެލިއުދާލާށެވެ. ދެން ތެޔޮފޮދެއް އަޅާލާފައި ހޫނުވީމާ ފިޔާކޮޅާއި މިރުސް އެއްކޮށްލާށެވެ. އަދި ހިކަނދި ރާނބާވެސް އެއްކޮށްލާށެވެ.

ދެން މަޑު ގިނީގައި ބަހައްޓައިގެން ދޭފަތުން ހަލަމުން ދާށެވެ. އެއަށްފަހު ލޮނުކޮޅާއި ރީނދޫކޮޅެއްވެސް އެއްކޮށް ލާށެވެ. ހަމައެއާއެކު އިނގުރު ،ލޮނުމެދު، އަސޭމިރުސް ،މުގުރި ފޮނިތޮށި ކާފޫރުތޮޅި ،ދިރި ،ކިއުބް ވެސް އެއްކޮށްލާށެވެ.

އޭގެފަހުން މަސްބުރިތައް މަޑު މަޑުން ތެލި ތެރޭގައި ބަހައްޓާށެވެ އަދި ކާށިބޯކިރުގެ އެއްބައި އެއްކޮށްފައި ކައްކާށެވެ. ކެކިގަތީމާ ހަވާދު ކިރުގައި ގިރާލާފައި އެއްކޮށްފަައި ކެކިގަތުމުން ބާކީ ކިރާއި، ހުތް އެއްކޮށްފައި އުނދުން މަތިން ބާލާށެވެ.