ޔޫކްރޭނުން ރަޝިޔާގެ ތެޔޮ ކާރުހާނާތަަކަށް ހަމަލާ ދީފި ކަމަށް ރަޝިޔާގެ ސަމަރާ ރީޖަންގެ ގަވަނަރު ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ ޔޫކްރެއިންގެ ޑްރޯން ހަމަލާއެއްގައި ރަޝިޔާގެ ދެ ތެޔޮ ކާރުހާނާއަކަށް ހަމަލާ ދީފައިވާ ކަމަށެވެ. މި ދެ ކާރުހާނާއަކީ ވެސް ރަޝިޔާގައި ތެލުގެ ވިޔަފާރި ކުރާ ކޮންޕެނނީއެއް ކަމަށްވާ ރޮސްނެފްޓްގެ ކަރުހާނާތަކެވެ. މި ހަމަލާގައި އެެއްވެސް މީހަކަށް އަނިޔާއެއްް ލިބިފައި ނުވި ކަމުގައިވިޔަސް، މީގެތެރެއިން އެއް ކާރުހާނާގައި ރޯވެ، ވަރަށް ބޮޑެތި ގެއްލުން ތަކެއް ވަނީ ލިބިފައެވެ. ކާރުހާނާގައި މަސައްކަތް ކުރަމުން ދިޔަ ހުރިހާ މުވައްޒަފުން ވަނީ ވަގުތުން އިވޭކުއޭޓް ކުރެވިފައެވެ.

ޔޫކްރޭނުން ވަނީ ފާއިތުވި ހަފްތާތަކުގައި ރަޝިޔާގެ ތެލުގެ އިންފްރާސްޓްރަކްޗާއަށް ވަރަށް ބޮޑަށް އަމާޒުކޮށް، މުޅި ރަޝިޔާގެ ތެޔޮ ފެސިލިޓީތަކަށް ހަމަލާދީފަ އެވެ.