ބޭނުންވާތަކެތި:

  • 5 ބިހުގެ ގޮބޮޅި
  • 75 ގ. އައިސިންގ
  • 30 ގ. ޗޮކޮލެޓް ނުވަތަ ކުލަ ހިފާވަރަށް ކޮކޯ ޕައުޑަރ ކޮޅެއް
  • 12 ގ. ޖެލެޓިން
  • 175 އެމް އެލް ވިޕިންގ ކްރީމް
  • 2 ސައިސަމުސާ ވެނީލާ އެސެންސް
  • 75 ގ. ހިކިކިރު

ތައްޔާރުކުރާނެގޮތް:

ފުރަތަމަ ބިހުގެ ގޮބޮޅިއާއި އައިސިން ޝުގަރ އަދި ވެނީލާ އެސެންސް އެއްކޮށް ގާތްގަނޑަކަށް 13 ވަރަކަށް މިނިޓް ވަންދެން ނުވަތަ ރަނގަޅަށް ގިރެން ދެން ގިރާލާށެވެ.

ދެން ކްރީމް އާއި ހިކިރު އެއްކޮށް ރަނގަޅަށް ގިރާފައި އެބައިވެސް އެއްކޮށްލާށެވެ.

އެއަށްފަހު، ޖެލެޓިންކޮޅު ހޫނުފެން ފޮދެއް ގައި ގިރާފއި އެބައިވެސް ކުރީގެ ބަޔާއި އެއްކޮށް މިކްސްކޮށްފައި ޓްރޭއަކަށް ނުވަތަ ބޯލްއަކަށް އެޅުމަށްފަހު ސެޓް ކުރަން ބަހައްޓާށެވެ.

ޗޮޮކޮލެޓް މޫސްއަކީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި ބާވަތެކެވެ.

ނޯޓް:ޖުވޭސް ރެސިޕީ