ނައިޖީރިއާގައި ހިނގި ހަމަނުޖެހުމެއްގައި 16 ސިފައިން މަރުވެއްޖެއެވެ.

ނައިޖީރިއާގައި ތެޔޮ އުފައްދާ ސްޓޭޓްއެއް ކަމައްވާ ދެކުނު ޑެލްޓާގައި ހިނގައި ދިޔަ ހަމަނުޖެހުމެއް ހުއްޓުވަން މަސައްކަތް ކުރި 16 ސިފައިންގެ މީހަކު މަރުވެއްޖެއެވެ. އެ ސްޓޭޓްގެ އޮކުމާ ކޮމިއުނިޓީގައި ހިނގައިދިޔަ ހަމަނުޖެހުމުގައި މަރުވެގެން ދިޔައީ ނައިޖީރިއާގެ "181 އެންފިބިއަސް ބަޓޮލިއަން" ސްކޮޑުގެ ސިފައިންނެވެ.

ނައިޖީރިއާގެ ސިފައިން މައުލޫމާތު ދޭގޮޮތުގައި އެ ހަމަނުޖހެުން ހުއްޓުވަން ދިޔަ ސިފައިންގެ ރެއިންފޯސްމެންޓް ޓީމުގެ ކޮމާންޑިން އޮފިސަރަށް ވެސް ވަނީ ހަމަލާދީ މަރާލާފައެވެ. މީގެ އިތުރުން ދެ މޭޖާރސް، އެއް ކެޕްޓަން އަދި 12 ސިފައިން ވަނީ މަރާލާފައެވެ. މިހާރު ނައިޖީރާގެ ސިފައިން ވަނީ ކަމުގެ ހަގީގަތް ހޯދުމަށް ތަހުގީގު ކުރަން ފައްޓާފައެވެ. މިހާތަނަށް ބައެއް މީހުން ހައްޔަރު ކޮށްފައިވީނަމަވެސް، މި ހާދިސާ ހިނގައި ދިޔަ ސަބަބު ނުވަތަ ސިފައިން މަރާލީ ކޮން މަގުސަދަކާއި ހުރެގެން ކަމެއް ނައިޖީރަން ސިފައިންނަށް އަދި ހޯދިފައެއް ނުވެއެވެ.

ނައިޛީރާގެ ޑެލްޓާ ސްޓޭޓް އަކީ މިފަދަ ގިނަ ހާދިސާތަކެއް ހިނގައިފައިވާ ސަރަހައްދެކެވެ. ބިން ނުވަތަ ތެލުގެ އަގާއި ހެދި އެ ސްޓޭޓްގައި ގިނަ މާރާމާރީ ތަކެއް ހިނގާފައި އެބްހުއްޓެވެ.