ނައިޖާއިން އެމެރިކާގެ ސިފައިން އެގައުމުން ބޭރު ކުރަން ނިންމައިފިއެވެ.
ނައިޖާގެ ޖުންޓާ (ގައުމު ހިނގާ އަސްކަރީ ނުވަތަ ސިޔާސީ ޖަމިއްޔާ) އިން އެމެރިކާއާއި އެކު ހެދިފައިވާ އަސްކަރީ ގުޅުން ބާތިލުކޮށް އެމެރިކާގެ ސިފައިން އެގައުމުން ވަގުތުން ވަގުތަށް ބޭރު ކުރަން ނިންމައިފިއެވެ. ޖުންޓާގެ ތަރުޖަމާނު ކޮލޮނެލް އަމަޑޯ އަބްޑަރަމަނޭ މީޑިއާއަށް މައުލޫޟާތު ދެމުން ވިދާޅުވީ އެމެރިކާ ސިފައިން އެގައުމުގައި ތަބާވާން ޖެހޭ ޕްޮޓޮކޯލް ތަކާއި ހިލާފަށް އަމަލު ކޮށްފައިވާ ކަމަށެވެ. މީގެއިތުރުން ނައިޖާއަށް އެމެރިކާ ސިފައިން އެގައުމަށް އަންނާނެ ވަގުތު ވެސް އަންގާފައެއް ނުވާ ކަމަށެވެ.
ނައިޖާގެ ޖުންޓާއިން ވަނީ އެގައުމުން ފްރާންސް އަދި ޔޫރަޕުގެ އެހެން އަސްކަރިއްޔާތަށް ވެސް އެގައުމުން ބޭރުކޮށްފައެވެ. އަދި ނައިޖާއިން މިހާރުވަނީ ރަޝިޔާއިން އެހީތެރިކަން ހޯދަން ފަށާފައެވެ.
(މައުލޫމާތު: ރޮއިޓާސް)