ބޭނުންވާ ތަކެތި:
- 200 ގ. ފުށް
- 250 ގ.ބަޓަރ
- 230 ގ. ހަކުރު
- 1 ސައިސަމުސާ ބައި ވެނިލާ އެސެންސް
- 15 ގ. ހިކިކިރު
- 25 ގ. ކަސްޓަރޑް ޕައުޑަރ
- 3 މޭޭޒުމަތީ ސަމުސާ ގެރިކިރު
- 5 ބިސް
- 1 ސައި ސަމުސާ ބައި ބޭކިންގ ޕައުޑްރ
ތައްޔާރުކުރާނެ ގޮތް:
ފުށާއި ބޭކިންގ ޕައުޑަރ ކަސްޓަރޑް އަދި ހިކިކިރު އެއްކޮށް ފުރާނާލާފައި ބަހައްޓާށެވެ. އެއަށްފަހު ބަޓަރާއި ހަކުރު ގެރިކިރު އެއްކޮށް އޮމާން ވަންދެން ގިރާލާށެވެ.
ދެން ކުރީގެ ބަޔާއި ފުށްކޮޅަކާއި ފަހަރަކު ބިހެއް އެއްކުރަމުންގޮސް އޮމާން ވަންދެން ގިރާލާ އެސެންސްވެސް އެއްކޮށްލާށެވެ.
އަދި ޓްރޭއެއްގައި ބަޓަރު ހާކާލާފައި ޓްރޭ އަށް ފުށްގަނޑު އަޅާފައި އަވަނުން ފިހެލާށެވެ.