ބޮޑުތަފާތަކުން ރަޝިޔާގެ ރައީސް ވްލެޑެމިއާ ޕޫޓިން އެގައުމުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައިފިއެވެ.

ޕޫޓިން އިންތިހާބު ކާމިޔާބު ކޮށްފައިވަނީ ރަޝިޔާގެ 87 އިންސަތަ ވޯޓާއެކުއެވެ. މި ކާމިޔާބިއާއި އެކު ކުރިއަށް އޮތް 6 އަހަރު ރަޝިޔާގެ ރައީސްކަމަށް ހުންނަވާނީ ޕޫޓިންއެވެ. ޕޫޓިންގެ ކުރިއަށް އޮތް ދައުރު ފުރިހަމަ ކުރުމުން ޕޫޓިން ވެގެންދާނީ ރަޝިޔާގެ އެންމެ ދިގުމުއްދަތަކަށް ވެރިކަން ކުރި ފަރާތަށެވެ. ޕޫޓިން އެންމެ ފުރަތަމަ ފަހަރަށް ރަޝިޔާގެ ރައީސްކަމަށް އިންތިހާބުވީ 2000 ވަނައަހަރުގެ ޖުލައި މަހުއެވެ.

އިންތިހާބުު ކާމިޔާބު ކުރެއްވުމަށްފަހު ޕޫޓިން ދެއްވެވި ސްޕީޗަގައި އޭނާ ވިދާޅުވެފައިވަނީ ކޮންމެ ބަޔަކު ރަޝިޔާ ބިރުގަނަންވަން އަޔަސް އެކަމެއެއް ކާމިޔާބެއް ނުވާނެ ކަމަށެވެ. އެއީ އެގައުމުގެ މުޅި ތާރިހުގައި ވެސް ވެފައިވާ ކަމެއް ނޫން ކަމަށެވެ.

(މައުލޫމާތު: އަލްޖަޒީރާ )