ބޮލީވިއާގެ ރައީސް ލުއިސް އާސޭ ވަނީ ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިންއަށް އަލުން އިންތިޚާބުވެވަޑައިގަތުމުން މަރުހަބާ ވިދާޅުވެ، އޭނާގެ ކާމިޔާބީއަކީ ރަޝިޔާގެ ރައްޔިތުންގެ އެއްބައިވަންތަކަން ދައްކުވައިދޭ ކާމިޔާބީއެއް ކަމަށް ސިފަކުރައްވާފައެވެ.
އާސޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަލުން އިންތިޚާބުވެވަޑައިގެންނެވި ވްލަޑިމިއާ ޕޫޓިންއަށް ބޮލީވިއާ އިން އެންމެ އިޚްލާޞްތެރި ތަހުނިޔާ އަރިސްކުރައްވާފައިވެއެވެ. މީގެއިތުރުން އާސޭ ވިދާޅުވީ މިފަދަ ބޮޑު ތަފާތަކުން ޕޫޓިން އިންތިހާބު ކާމިޔާބު ކުރުމުން ދައްކުވައިދެނީ ޕޫޓިން އަށް ރަޝިޔާގެ ރައްޔިތުން އިތުބާރު ކުރާ މިންވަރު ކަމަށެވެ. އަދި މިކަމުން ރަޝިޔާގެ ރައްޔިތުންގެ މެދުގައި އޮންނަ އެއްބައިވަންތަކަމާއި ގުޅުން ކަށަވަރު ކޮށްދޭ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
%90 އަށްވުރެ ގިނަ ވޯޓު ގުނާފައިވާއިރު، ޕޫޓިން ރިޔާސީ ރޭހުގައި ލީޑް ކުރައްވަނީ %87.21 އާއެކުގައި ކަމަށް ރަޝިޔާގެ މަރުކަޒީ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.