ނިކަރާގޫއާގެ ރައީސް ޑޭނިއަލް އޮރްޓެގާ، ރަޝިޔާގެ ރައީސްކަމަށް އިންތިހާބުވި ޕޫޓިން އަށް މަރުހަބާ ވިދާޅުވެއްޖެއެވެ.
ޑެނިއެލް ވިދާޅޫވެފައިވަނީ ދުނިޔޭގައި ހަމަނުޖެހުމާއި ނުތަނަވަސްކަން އުފެދި، ސުލްހަ މަސަލަސަކަން މުޅީ ދުނިޔެއަށް ބޭނުންވެފައިވާ ދަނޑިވަޅެއްގައި ޕޫޓިން ރައީސް ކަމަށް އަލުން އިންތިހާބު ވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. މީގެ އިތުރުން މި ކާމިޔާބީއާއި އެކު ދުނިޔޭގެ މުސްތަގުބަލު ހެޔޮގޮތުގައި ބައްޓަން ވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ރަޝިޔާ ކަހަލަ ބޮޑު، ފުޅާ ގައުމެއްގައި މިފަދަ އަމާން އިންތިހާބެއް ބޭއްވުމާއި ގުޅިގެން ވެސް ޑެނިއެލް ވަނީ މަރުހަބާ ވިދާޅޫވެފައެވެ.
%90 އަށް ވުރެ ގިނަ ވޯޓު ގުނާފައިވާއިރު، ރިޔާސީ ރޭހުގައި ޕޫޓިން ލީޑް ކުރައްވަނީ %87.21 އިން ކަމަށް ރަޝިޔާގެ މަރުކަޒީ އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. ޕޫޓިން ކުރިއަށް އޮތް ހަ އހަރުގެ ދައުރު ފުރިހަމަ ކުރމުން އޭނަ ވާނީ ރަޝިޔާގައި އެންމެ ދިގު މުއްދަތަކަށް ވެރިކަން ކުރި ރައީސްއަށެވެ.
(މައުލޫމާތު: ޓާސް)