ލިޔުނީ: އަޒްހީން

އިޖުތިމާޢީ ޒިންމާގެ ހަރަކާތްތަކުގެ ތެރެއިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ދައުލަތުގެ ފަރާތުން ބަލަހައްޓަމުން އަންނަ ކުޑަކުދިން ބަލަހައްޓާ މަރުކަޒެއްކަމައްވާ "ފިޔަވަތި" އަށް މި ބަރަކާތްތެރި ރަމަޟާން މަހުގައި އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްޕީއެލް އިން މިއަދު ވަނީ މި ކުޑަކުދިން ބަލަހައްޓާ މަރުކަޒަށް ކުރި ޒިޔާރަތެއްގައި 35 މަސްދަޅު ކޭސް ހަދިޔާކޮށްފައެވެ. އެމްޕީއެލްގެ ޗީފް އޮފް ބިއުރޯ އައިޝަތު ޝިމްލާ އާއި ޖެނެރަލް މެނޭޖަރުން ކަމަށްވާ އަހުމަދު ސަލީމާއި އަލީ ޖައުފަރު ވަނީ އެމްޕީއެލްގެ ފަރާތުން "ފިޔަވަތި" އަށް ޒިޔާރަތްކުރައްވައި ހަދިޔާ ރަސްމީކޮށް އަރުވައި އެ މަރުކަޒުގެ އިސްވެރިންނާ އެކު ބައްދަލުކުރައްވާފައެވެ.

މި މަސައްކަތުގެ ސަބަބުން ފިޔަވަތީގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް އެހީތެރިކަން ލިބި އެ މަރުކަޒުގެ ބޭނުންތަކަށް މި ރަމަޟާން މަހުގައި ލުޔެއް ލިބިގެންދާނެއެވެ.