ޕޫޓިންގެ ކާމިޔާބީއިން ދައްކުވައިދެނީ ރަޝިޔާގެ ރައްޔިތުން ޕޫޓިންއަށް ކުރާ އިތުބާރު ކަމަށް ކިއުބާގެ ފޮރިން މިނިސްޓަރު ބްރޫޏޯ ރޮޑްރީގޭޒް ޕެރިއްލާ ވިދާޅުވެއްޖެއެވެ.
ބްރޫނޯ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޕޫޓިން އަލުން އެގައުމުގެ ރައީސްކަމަށް އިންތިހާބު ވުމާއި ގުޅިގެން މަރުހަބާ ވިދާޅުވެފައެވެ. އޭނާ އެކްސްގައި ކުރެއްވި ޕޯށްޓެއްގައި ވިދާޅުވެފައިވަނީ ރަޝިޔާއާއި ކިއުބާ ދެމެދުއޮތް ގުޅުން ވަރުގަދަކުރާނެ ކަމަށެވެ. އަދި ދެގައުމުގެ ރައްޔިތުން އެންމެ ހެޔޮގޮތް އިހްތިޔާރު ކޮށް ގުޅިގެން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
%90 އަށް ވުރެ ގިނަ ވޯޓު ގުނާފައިވާއިރު، ރިޔާސީ ރޭހުގައި ޕޫޓިން ލީޑް ކުރައްވަނީ %87.21 އިން ކަމަށް ރަޝިޔާގެ މަރުކަޒީ އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. ޕޫޓިން ކުރިއަށް އޮތް ހަ އހަރުގެ ދައުރު ފުރިހަމަ ކުރމުން އޭނަ ވާނީ ރަޝިޔާގައި އެންމެ ދިގު މުއްދަތަކަށް ވެރިކަން ކުރި ރައީސްއަށެވެ. މި ކާމިޔާބީއަށް ދުނިޔޭގެ ގިނަ ގައުމުތަކަކުން ޕޫޓީން އަށް ވަނީ މަރުހަބާގެ ވިދާޅުވެފައެވެ.