ޗައިނާގެ ހަންޑަަން ސިޓީގެ 13 އަހަރުގެ ސްކޫލު ކުއްޖަކު މަރާލައިފައި އޮއްވާ ފެނިއްޖެއެވެ.

ޗައިނާގެ 13 އަހަރުގެ ވަންގް ވަނީ މާޗް 10 ވަނަ ދުވަހު ގޮތް ނޭނގި ގެއްލިފައެވެ. ފުލުހުންނަށް ވަންގް ފެނިފައިވަނީ ޗައިނާގެ ތަރުކާރީ ހައްދާ ދަނޑެއްގައި ވަޅުލެވިފައި ވަނިކޮށެވެ. ފުލުހުން މިހާރު މި މައްސަލައިގައި ޗައިނާގެ 13 އަހަރުގެ 3 ކުއްޖަކު ވަނީ ހައްޔަރު ކޮށްފައެވެ. ޗައިނާ ސަރުކާރުން މައުލޫމާތު ދޭ ގޮތުގައި ވަންގް މަރުވެފައި ވަނީ ވަންގް ގެއްލުނު ދުވަހުއެވެ.

ވަންގްގެ ބައްޕަ ސޯޝަލް މީޑިއާގައި އަޕްލޯޑް ކުރި ވިޑިއޯއެއްގައި ވާހަކަ ދައްކަމުން ބުނެފައިވަނީ ވަންގް އަކީ ސްކޫލުގައި ގިނަ ކުދިންތަކެއްގެ ގަނާކުރުމާއި ކުރިމަތި ލާންޖެހިފައިވާ ކުއްޖެއް ކަމަށެވެ. އަދި ވަންގް ގެއްލުމުގެ ކުރިން ވަންގް ވަނީ އޭނާގެ ކުލާސް ކުއްޖަކަށް 17 ވަރަކަށް ޑޮލަރު ޓްރާންސްފާ ކޮށްފައި ކަމަށެވެ.

ފުލުހުންނަށް ވަންގްގެ ހަށިގަނޑު ހޯދިފައިވަނީ ފުލުހުންގެ ބެލުމުގެ ދަށައް ގެނައި ތިން ކުދިންގެ މައުލޫމާތާއެކުގައެވެ. ފުރަތަމަ ސުވާލު ކުރުމުން ވަންގް ވީތަނެއް ނޭނގޭ ކަމަށް އެ ތިން ކުދިން ބުނި ކަމުގައި ވިޔަސް ފަހުން އެ ކުދިން ވަނީ ވަންގް ވީ ތަން ފުލުހުންނަށް ކިޔައިދީފައެވެ. ޗައިނާގެ ގާނޫނުގެ ދަށު 12 އަހަރުން މަތި އަދި 14 އަހަރުން ދަށުގެ ކުދިންނަށް ގަނޫނީ އަދަބެއް ދެވޭނީ އެގައުމުގެ ސުޕްރީމް ޕީޕަލްސް ޕްރޮަރުޓޮރޭޓްގެ ހުއްދަ ލިބިގެންނެވެ. ޗައިނާގެ ގިނަ ބަޔަކު ބުނަމުން އަންނަނީ އެ ތިން ކުދިންނަށް ހަރުކަށި އަދަބެއް ދޭން ޖެހޭ ކަމަށެވެ.

(މައުލޫމާތު: ބީބީސީ)