ބޭނުންވާތަކެތި:

  • 6 ކުކުޅުފައި ލޮނުކޮޅަކާއި ރީނދޫ ކޮޅެއް ލައިގެން ތެލުލާފައި ހުރި
  • 4 ފިޔާ ( ތުނި ތުނިކޮށް ކޮށާފައިހުރި)
  • 1 ގިތެޔޮ މިރުސް (ހިމުންކޮށް ކޮށާފައިހުރި)
  • 1 ޖޯޑު ހިކިމޭބިސްކަދުރު
  • 1/2 ޖޯޑު ކަނަމަދު ފަޅި ފަޅިކޮށްފައި
  • 4 ހިކަނދިފަތް
  • 1 ސައި ސަމުސާ މުގުރި ދިރި
  • 1 މޭޭޒުމަތީ ސަމުސާ ހަނާކޮށް މުގުރާފައި ހުރި ހިކިމިރުސް
  • 1 ސައި ސަމުސާ މުގުރި ފޮނތޮށި ކާފޫރުތޮޅި
  • 1/3 ސައި ސަމުސާ މުގުރި އަސޭމިރުސް
  • 2 ލުނބޯ
  • 3 މޭޒުމަތީ ސަމުސާ ކުކުޅު ހަވާދު
  • 1/3 ސައިސަމުސާ ރީނދޫ
  • 2/1 މޭޒުމަތީ ސަމުސާ އިނގުރު ލޮނުމެދު ( ޗިސްކޮށްފައިހުރި)
  • 1 މޭޒުމަތީ ސަމުސާ ހަކުރު
  • 1 މޭޒުމަތީ ސަމުސާ ގިތެޔޮ
  • ލޮނުކޮޅެއް
  • ތެޔޮ

***************

  • ( ފުށްގަނޑަށް) 4 ޖޯޑު ފުށް
  • 2 ބިސް
  • 1 މޭޒުމަތީ ސަމުސާ ބަޓަރ
  • ލޮނުކޮޅެއް

ތައްޔާރުކުރާނެގޮތް:

ކުކުޅުފައި ތަކުން މަސްކޮޅު ތައް އެތި އެތިކޮޅަށް ވާގޮތަށް ވީދާލާފައި ( އިންޗިި އެއްގެ ދިގުމިން ހުންނަ ވަރަށް) ބަހައްޓާށެވެ. އެއަށްފަހު ތަވާ އުނދުންމައްޗަށް އުދާލާފައި ގިތެޔޮކޮޅާއި ތެޔޮ ފޮދެއް އަޅާލާށެވެ.

ދެން ދެބައި ހޫނުވީމާ ހިކިމޭބިސްކަދުރު ކަނަމަދު ފިޔާކޮޅާއި ހިކަނދިފަތް މިރުސް އަޅާލުމަށްފަހު ފިޔާ ކޮޅު މޯޅިވަންދެން މަޑު ގިނީގައި ބަހައްޓައިގެން ދޭފަތުން ހަލަމުންދާށެވެ. އެއަށްފަހުގައި ބާކީ ސާމާން އެއްކޮލާ، ހަކުރުކޮޅުވެސް އެއްކޮށްލާށެވެ.

ރަނގަޅަށް ހަނާވީމާ އުނދުންމަތިން ބާލާފައި ބަހައްޓާށެވެ.

********************************************************

ފުށްގަނޑު:

ފުށާއި ބަޓަރު ލޮނު ، ބިސް އެއްކޮށްފައި ތާފަނާފެނުން މޮޑެލާށެވެ. އަދި ކުދިކޮށް ގުޅަގުލަ ހަދާލާފައި ކޮންކެ ގުޅައެއްވަކިން ތުނިކޮށް ދަމާލާށެވެ.

ކޮންމެ ރޮށްޓަކަށް 2 މޭޒުމަތީ ސަމުސާ މަސް އަޅާފައި ތިނެސް ކަނަށް ފަތްޖަހާލާށެވެ. އަދި ކާރިފަށް އޮލަކޮށް ގިރާފައިހުރި ފުށްކޮޅެއް ހާކާފައި ތަތްކޮށް ލާށެވެ. ނުވަތަ ބަޖިޔާތަތްގަނޑުން ހަދާލާށެވެ.

އެއަށްފަހުގައި ތަވާޔަށް ތެޔޮ އަޅާފައި އުނދުންމައްޗަށް އުދާލާފައި ހޫނުވީމާ ބަޖިޔާތައް ތެލުލާށެވެ.