ސައުދީގެ ކްރައުން ޕްރިންސް އދގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްއާއި މަޝްވަރާ ކުރައްވައިފިއެވެ.

މިއަދުގެ ވަގުތެއްގައި އދގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވަނީ ސައުދީގެ ޕްރިންސް ސަލްމާންްއާ ފޯނު ކޯލަކުން ވާހަކަ ދައްކަވާފައެވެ. މިި ވާހަކައިގައި ދެބޭފުޅުން ވަނީ ފަލަސްތީނުގެ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މިގޮތުން ޣައްޒާގެ މިހާރުގެ ހާލަތާއި ކުރިއައް އޮތް މުސްތަގުބަލުގައި ޣައްޒާގައި ސުލްހަ ގާއިމު ކުރެވޭނެ ގޮތް ގޮތާއި މެދު ވެސް މަޝްވަރާ ކުރައްވާފައެވެ.

ދެބޭފުޅުންގެ މަޝްވަރާގައި ދެކެވުނު ވާހަކަތަކުގެ އިތުރު ތަފްސީލު ސައުދީ ]ޕްރެސްއިން އަދި ހާމަ ކޮށްފައެއް ނުވެއެވެ.

އޮކްޓުބަރު 7ގެ ފަހުން އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާގައި 31،700 އަށްވުރެގިނަ މީހުން ވަނީ ޝަހީދުވެފައެވެ. މީގެތެެރޭގައި 13،000 އަށް ވުރެގިނަ ކުޑަކުދިން ހިމެނެއެވެ. އަދި ބަނޑުހައި ހޫނު ކަމަށް ކެތް ނުކުރެވިގެން ޝަހީދުވި އެތައް ބަޔަކު ހިމެނެއެވެ. އަދި 73،000 އަށް ވުރެގިން މީހުން ޒަހަމް ވެފައިވާ އިރު، މީގެ 70 އިންސައްތަ ހިއްސާ ކުރަނީ އަންހެނުންނާއި ކުޑަކުދިންނެވެ.

(މައުލޫމާތު: އަރަބް ނިއުސް)