ބޭނުންވާ ތަކެތި:

  • 1 ބޮޑު ޕާން
  • 2 ޖޯޑު ދަޅު ޓޫނާ
  • 2 ފިޔާ ހިމުންކޮށް ކޮށާފައި ހުރި
  • 1/2 ޖޯޑު ހިމުންކޮށް ކޮށާފައި ހުރި ބެލްޕެޕަރ
  • 3 މޭޒުމަތީސަމުސާ ޓޮމާޓޯ ޕޭސްޓް
  • 2 ހިކަނދިފަތް
  • 1 ޓޮމާޓޯ ހިމުން ކޮށް ކޮށާފައި ހުރި
  • 1 ސައި ސަމުސާ ލޮނުމެދު ޕޭސްޓް
  • 1 ޗިކަންކިއުބް
  • 1 މޭޒުމަތީސަމުސާ ގިތެޔޮމިރުސް ހިމުންކޮށް ކޮށާފައި ހުރި
  • 1/2 ސައި ސަމުސާ މުގުރި އަސޭމިރުސް
  • 4 މޭޭޒުމަތީ ސަމުސާ ބަޓަރު
  • 5 ބިސް
  • 2 ޖޯޑު މުގުރި ފާރޮށި
  • ތެޔޮ

ތައްޔާރުކުރާނެ ގޮތް:

ތަވާ އުނދުން މައްޗަށް ޢުދާލާށެވެ. ދެން ކުޑަ ތެޔޮފޮދެއް އަޅާލާށެވެ. ހޫނުވީމާ ފިޔާ ، ހިކަނދިފަތް ، ބެލްޕެޕަރ ، ޓޮމާޓޯ އަދި މިރުސް އަޅާލާށެވެ. އެއަށްފަހުގައި މަޑު ގިނީގައި ބަހައްޓައިގެން ދޭފަތުން ހަލަމުން ދާށެވެ.

ދެން ހަނާވީމާ ލޮނުމެދު ،ޓޫނާ ކޮޅު ޕޭސްޓް ،އަސޭމިރުސް، ކިއުބް އެއްކޮށް އަޅާލާށެވެ. ރަހަ ހިފާވަރަށް ހަނާވެ ރޯފިލުމުން އުނދުން މަތިން ބާލާށެވެ.

އެއަށްފަހު ޕާން ފޮތިތައް ރޮށިދަމާ ފިލާގައި ތުނިކޮށް ދަމާލާށެވެ. ދެން ބަޓަރުކޮޅެއް ތުނިކޮށް ހާކާފައި މަސްކޮޅެއް ލާފައި އޮޅާލާށެވެ. އަދި އޮލަކޮށް ފުށްކޮޅެއް ގިރާފައި ޕާންކޮޅުގައި ހާކާފައި ތަތްކޮށްލާށެވެ. ދެން ގިރާފައި ހުރި ބިހަށްލާފައި ފާރޮށިކުނޑި ތަތްކޮށްލާށެވެ.

އޭގެފަހުން ތަވަޔަށް ތެޔޮ އަޅާލާފައި އުނދުން މައްޗަށް އުދާލާށެވެ. އަދި ކެކުމުން ތެލުލާށެވެ.

ނޯޓް: ޖުވޭސް ރެސިޕީ