ލިޔުނީ: އަޒްހީން
ޔޫރިކް އެސިޑް ގެ މިންވަރު މަތިވުމުގެ ކަންބޮޑުވުންތަކުގެ ސަބަބުން ގިނަ ބަޔަކު ވަނީ މި ހާލަތު މެނޭޖް ކުރުމަށް ގުދުރަތީ ގޮތްތައް ހޯދަން ފަށައިފައެވެ. ޔޫރިކް ލެވެލް މަތިވުމަކީ ކިޑްނީ އާއި ހިތުގެ އެކި މައްސަލަތައް ކުރިމަތިކުރުވާ ކަމެކެވެ. ހަށިގަނޑުގައި ޔޫރިކް އެސިޑް ގެ މިންވަރު ދަށްކުރުމަށް އެހީތެރިވެދޭ ސްޓްރެޓެޖީތައް ބަލާލަމާ ހިނގާތޯއެވެ.
• ޕިއުރިން އެކުލެވޭ ކާނާ ލިމިޓްކުރުން: ރަތްމަސް، އޯގަން މީޓް، މަސް، ޝެލްފިޝް އަދި ކުކުޅު ފަދަ ބާވަތްތައް ބޭނުންކުރުން މަދުކުރުން، އެއީ ޔޫރިކް އެސިޑް އުފައްދާ މިންވަރު އިތުރުކޮށްދޭ އެއްޗެކެވެ.
• ހަކުރު ކަނޑާލުން: ހަކުރު ކެއުމުން ދުރުހެލިވުން ނުވަތަ މަދުކުރުން، ހާއްސަކޮށް ފުރުކްޓޯސް ކިޔާ ހަކުރު ހިމެނޭ ރިފައިންޑް ހަކުރު، މޭވާ، ހައި ފްރުކްޓޯޒް ކޯން ސިރަޕް، މާމުއިތް ފަދަ ބާވަތްތަކަކީ ޔޫރިކް އެސިޑް ލެވެލް މަތިކޮށްދޭ އެއްޗެކެވެ.
• ހައިޑްރޭޓްވެފައި ތިބުން: ގިނައިން ފެން ބުއިމަކީ ކިޑްނީއިން ޔޫރިކް އެސިޑް އަވަހަށް ބޭރުވެ، ޔޫރިކް އެސިޑް ކިޑްނީގައި ހިލަ އުފެދުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެކެވެ.
• ކޮފީ ބުއިން: ކޮފީއަކީ ޕިއުރިންތައް ފަޅާލާ އެންޒައިމްއާ ވާދަކޮށް ޔޫރިކް އެސިޑް ބޭރުވާ މިންވަރު އިތުރުކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ.
• ބަރުދަން މެނޭޖްކުރުން: ހަށިގަނޑަށް ފެޓް އިތުރުވުމަކީ ޔޫރިކް އެސިޑް ގެ މިންވަރު މަތިވުމަށް މަގުފަހިކޮށްދޭ ކަމަކަށްވާތީ، ހަށިގަނޑަށް ފައިދާހުރި ކާނާއާއި ގަވާއިދުން ކަސްރަތުކޮށްގެން ދުޅަހެޔޮ ބަރުދަނެއް ދެމެހެއްޓުން މިހިންމެވެ.
• ލޭގައި ހަކުރު ހުންނަ މިންވަރު މޮނިޓަރ ކުރުން: ގަވާއިދުން ޗެކްއަޕްތައް ހަދައިގެން ލޭގައި ހަކުރު ހުންނަ މިންވަރު ހިފަހައްޓައި، ބެލެންސްޑް ކެއުމުގެ ޕްލޭނަކަށް ތަބާވުމަކީ ޔޫރިކް އެސިޑް މަތިވުން މަދުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.
• ފައިބަރ ކެއުން އިތުރުކުރުން: ގިނައިން ފައިބަރު ކެއުމަކީ ޔޫރިކް އެސިޑް ގެ މިންވަރު ދަށްކޮށްދީ ލޭގައި ހަކުރު އަދި އިންސިއުލިން ލެވެލް ބެލެންސްކުރުމަށް އެހީތެރިވެދޭ ކަމެކެވެ.
• ވިޓަމިން ސީ އިތުރުކުރުން: ޔޫރިކް އެސިޑްގެ މިންވަރު ދަށްކުރުމަށް އެހީތެރިވެދޭތީ ކާނާ ނުވަތަ ސަޕްލިމެންޓް މެދުވެރިކޮށް ވިޓަމިން ސީ ކެއުން އިތުރުކުރުމަށް ވިސްނާށެވެ.
• ޗެރީ ހިމެނުން: ކެއުމުގައި ޗެރީ ނުވަތަ ޗެރީ ޖޫސް ހިމެނުމަކީ ޔޫރިކް އެސިޑް ލެވެލް ދަށްކޮށްދޭނެ ކަމެކެވެ.
މި ގުދުރަތީ ގޮތްތައް ދިރިއުޅުމުގެ ވައްޓަފާޅިއަށް ހިމެނުމުން ހަށިގަނޑުގައި ޔޫރިކް އެސިޑް ގެ މިންވަރު ހަރުދަނާ ގޮތެއްގައި މެނޭޖްކޮށް، މުޅި ސިއްހަތާއި ދުޅަހެޔޮކަން ކުރިއެރުވޭނެ އެވެ.