ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ މިއަދު އދ. ހަންޏާމީދޫއަށް ވަޑައިގެންފިއެވެ.

އެމަނިކުފާނުގެ އިތުރުން މި ދަތުރުފުޅުގައި އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަބުދުﷲ ނާޒިރުގެ އިތުރުން ކުންފުނީގެ ބައެއް އިސްވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެބޭފުޅުންގެ މި ދަތުރުފުޅުގައި ވަނީ އެ ރަށުގެ ކައުންސިލާއި ބައްދަލުކުރައްވާ، ހަންޏާމީދޫގައި އެ ކުންފުނިން ދެމުންގެންދާ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

އަދި ހަންޏާމީދޫގައި މަސައްކަތް ކުރާ މިކުންފުނީގެ މުވައްޒަފުންނާއި، ބައްދަލު ކުރައްވާ ހިދުމަތް ދިނުމުގައި ދިމާވާ ދަތިތަކާއި، ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުންވެސް މަޝްވަރާކުރައްވައިފައިވެއެވެ.

މީގެ އިތުރުން މި ދަތުރުފުޅުގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ވަނީ ހަންޏާމީދޫ އިންޖީނުގެއާއި ފެންޕްލާންޓްވެސް ބައްލަވާލައްވާފައިއެވެ.