ލިޔުނީ: އަޒްހީން

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އދ. އޮމަދޫއަށް ވަޑައިގެންފިއެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީގެ އިތުރުން އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަބުދުﷲ ނާޒިރު އަދި ކުންފުނީގެ ބައެއް އިސްވެރިންވެސް މި ދަތުރުފުޅުގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިދަރުތުފުޅުގައި އެބޭފުޅުން ވަނީ އޮމަދޫ ކައުންސިލާއި އެރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ބައްދަލުކުރައްވާ، އެރަށަށް އެކުންފުނިން ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައިއެވެ.

މީގެއިތުރުން އޮމަދޫ އިންޖީނުގެއަށް ޒިޔާރަތްކުރައްވާ، އިންޖީނުގޭގައި މަސައްކަތްކުރާ ސްޓެލްކޯގެ މުވައްޒަފުންނާއި ވެސް ބައިދަލުކުރައްވާފައިވެއެވެ. މިގޮތުން މުވައްޒަފުނަށް ޚިދުމަތް ދިނުމުގައި ދިމާވާ ދަތިތަކާއި ޚިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައިއެވެ.

ސްޓެލްކޯއިން އދ. ހަންޏާމީދޫއަށް ވެސް ވަނީ މިދަތުރުފުޅުތެރެއިން ޒިޔާރަތްކުރައްވާފައެވެ.