ސައުދީ އަރަބިޔާގެ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު މިއަދު އިސްލާމިކް އެފެއާޒް މިނިސްޓްރީއާ ރަސްމީކޮށް ހަވާލުކޮށްފި ކަމަށް އެ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވިގޮތުގައި ސައުދީ އަރަބިޔާ އާއި ރާއްޖެ ސަރުކާރާ ދެމެދު ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް ސައުދީ ސަރުކާރުން ރާއްޖެއަށް ކަދުރު ހަދިޔާކުރެއެވެ.

ސައުދީ ސަރުކާރުން މިފަންސާސް ޓަނުގެ ކަދުރު ހަދިޔާކުރިއިރު، ދިވެހި ރައްޔިތުންނަށް، ކަދުރުތައް ބަހާނެ ދުވަހަކާ އަދި ކަދުރު ބަހާނެ ގޮތުގެ އުސޫލެއް އެ މިނިސްޓްރީއިން އިއުލާން ކޮށްފައެއްނުވެއެވެ.