ބޭނުންވާތަކެތި:

  • 1/2 ޖޯޑު ކުދިކޮށް ކޮށާފައިހުރި ޖެލީ
  • 4 މޭޒުމަތީ ސަމުސާ ފޯކޮށްފައިހުރި އިސްޕަގުލު
  • 4 އައިސްކިއުބް
  • 6 ކެޖޫނަޓް
  • 6 އާމަންޑް
  • 1/2 ޖޯޑު މިކްސްޑް ފުރުޓް ( ފުރުޓް ކޮކްޓެއިލް ދަޅުގެ )
  • 2 މޭޒުމަތީ ސަމުސާ ހިކިކިރު
  • 2 މޭޒުމަތީސަމުސާ ވެނީލާ މިލްކްޝޭ ޕައުޑަރ
  • 2 މޭޭޒުމަތީ ސަމުސާ ހަކުރު
  • 1 ސްކޫޕް ވެނީލާ އައިސްކްރީމް
  • 1 ބިއްލޫރިތަށި އައިސްފެން
  • 3 މޭޭޒުމަތީ ސަމުސާ ރޯސް ސިރަޕް ނުވަތަ އަންނާރު ޖޫސް

ތައްޔާރުކުރާނެގޮތް:

އެންމެ ފުރަތަމަ ކިރު، ފެން، ހަކުރާއޮ އައިސް ކިއުބްގެ އިތުރުން މިލްކްޝޭކް ޕައުޑަރާ އެއްކޮށް މިކްސަރަށް އަޅާފައި ރަނގަޅަށް ފޮނު އަރަންދެން ގިރާލާށެވެ.

އެއަށްފަހު ސާރވް ކުރާ ތަށްޓަށް ގިރި ބައި އަޅާލާށެވެ. އަދި އަންނާރު ޖޫސް ނުވަތަ ރޯސް ސިރަޕްވެސް އަޅާލާށެވެ. ދެން އިސްޕަގުލުކޮޅު އެއްކޮށްލާށެވެ.

އެއަށްފަހު ނަޓްކޮޅުގެ އެއްބަޔާއި ފުރުޓްކޮޅުގެ އެއްބައި ވެސް އަޅާލާށެވެ. އަދި ޖެލީކޮޅާއި އިސްޕަގުލު ކޮޅުވެސް އެއްކޮށްލާށެވެ. އެގެފަހުން އައިސް ކްރީމް އަޅާލާފައި މަތީގައި ބާކީ ހުރި ފުރުޓްކޮޅާއި ނަޓްކޮޅު އަތުރާފައި ސާރވްކުރާށެވެ.

މި މީރު ބުއިމުގެ ބާވަތް 4-5 ވައްތަރަކަށް ތައްޔާރުކުރެއެވެ.