ރަޝިޔާއިން ހަރުކަށި ފިކުރުގެ އަދި ޓެރަރިސްޓު ޖަމިއްޔާތަކުގެ ލިސްޓަށް "އެލްޖީބީޓީ" ހަރަކާތް ހިންގާ ޖަމާއަތްތައް އިތުރު ކޮށްފިއެވެ.

ހަރުކަށި ފިކުރުގެ ޖަމާއަތްތަކާއި ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓަށް ރަޝިޔާއިން އެލްޖީބީޓީި ޖަމާއަތްތައް އިތުރުކޮށްފައިވަނީ އެގައުމުގެ ސުޕްރީމު ކޯޓުން ނިންމި ނިންމުމަކާއި ގުޅިގެންނެވެ. މި ލިސްޓް ބެލެހެއްޓިފައިވަނީ ހަރުކަށި ފިކުރުގެ މީހުންނާއި ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާފައިވާ 14،000 އަށް ވުރެ ގިނަ މީހުންނާއި ފަރާތްތަކުގެ ބޭންކް އެކައުންޓްތައް ފްރީޒް ކުރުމުގެ ބާރު ލިބިފައިވާ ރޮސްފިންމޮނިޓަރިން ކިޔާ އިދާރާއަކުންނެވެ.

ރަޝިޔާއިން އެލްޖީބީޓީއާއި ދެކޮޅަށް އެޅި ފިޔަވަޅާއި ގުޅިގެން އެގައުމުގެެ އެލްޖީބީޓީ ޖަމައަތްތަކުން ދަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ. އަދި އެމީހުންދެކޭ ގޮތުގައި އެލްޖީބީޓީގެ ޖަމިއްޔާތަކާއި ގުޅޭ ރައްޔިތުން ރަޝިޔާގެ ފުލުހުން ހައްޔަރު ކުރުމަކީ ވެސް އެކަށީގެް ވާކަމެކެވެ. ރަޝިޔާއިން ވަނީ 'ސަގާފީ ނޫން' ޖިންސީ ގުޅުންތައް ކުރިއެރުވުން ގާނޫނީ ކޫށެއްގެ ގޮތުގައި ހަދައި، ގާނޫނީ ނުވަތަ ސިއްހީ ގޮތުން ޖިންސަށް ބަދަލު ގެނައުން މަނާކޮށްފައެވެ.