މޮސްކޯގެ ބޭރުގައި ހުންނަ ކްރޮކަސް ސިޓީ ހޯލަށް ދިން ޓެރަރިސްޓް ހަމަލާގެ ސަބަބުން ބެއިޖިންއަށް ބޮޑު ސިހުމެއް އައިސްފައިވާ ކަމަށާއި ސަލާމަތީ ކަންކަން ކަށަވަރު ކުރުމަށް ރަޝިޔާއިން ކުރާ މަސައްކަތަށް ތާއީދު ކުރާ ކަމަށް ޗައިނާގެ ރައީސް ޒީ ޖިންޕިން ވިދާޅުވެއްޖެއެވެ.
ރަޝިޔާގައި ދިމާވި މިހާދިސާއާއި ގުޅިގެން ޗައިނާގެ ރައީސް ޒީ ޖިންޕިންގް ވަނީ ޕޫޓިން އަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވަވާފައެވެ. މި މެސެޖުގައި އޭނާ ވިދާޅުުވެފައިވަނީ ރަޝިޔާއިން ގައުމީ ސަލާމަތީ ކަންކަން ކަށަވަރު ކުރުމަށް ކުރަމުންދާ މަސައްކަތަށް ޗައިނާއިން ތާއިދު ކުރާ ކަމަށެވެ. މީގެއިތުރުން ޒީ ޖިންޕިންގް ވަނނީ ޗައިނާގެ ސަރުކާރު އަދި ރައްޔިތުންގެ ފަރާތުން ރަޝިޔާއަށް ތައުޒިޔާ ފާޅުކޮށްފައެވެ.
ޒީ ވިދާޅުވެފައިވަނީ ބެއިޖިން އިން ޓެރަރިޒަމާ ދެކޮޅު ހަދައި ޓެރަރިސްޓް ހަމަލާތައް ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމަށެވެ.
މި ހަމަލާ ދީފައިވަނީ މާޗް 22 ވަނަ ދުވަހުގެ ފަހުކޮޅު މޮސްކޯގެ ބޭރުގައި އޮންނަ ކްރަސްނޮގޯރސްކް ޓައުންގެ ކްރޮކަސް ސިޓީ ހޯލްގައެވެ. ރަޝިޔާގެ އިންވެސްޓިގޭޓިވް ކޮމިޓީގެ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު، 60 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ. 115 މީހުން ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު 30 އަށް ވުރެ ގިނަ މީހުންނަށް އައުޓްޕޭޝަންޓް ފަރުވާ ދީފައިވެ އެވެ.