ބޭނުންވާތަކެތި:
- 2 ގަނޑު ވަޅޯމަސް (ހިމުންކޮށް ކޮށާފައި)
- 5 ފިޔާ ( ތުނި ތުނި ކޮށް ކޮށާފައި)
- 1 ގިތެޔޮ މިރުސް( ހިމުންކޮށް ކޮށާފައި)
- 1/2 ސައިސަމުސާ ރީނދޫ
- 1 މޭޭޒުމަތީ ސަމުސާ ހަނާކޮށް މުގުރާފައި ހުރި ހިކިމިރުސް
- 1 ސައިސަމުސާ މުގުރި ދިރި
- 1 މޭޒުމަތީ ސަމުސާ ކުކުޅު ހަވާދު
- 4 ހިކަނދިފަތް3 ފަޅިލުނބޯ
- 1 ސައި ސަމުސާ މުގުރި ފޮނތޮށި ކާފޫރުތޮޅި
- 2 މޭޭޒުމަތީ ސަމުސާ ބައި ހަކުރު
- 3 ލޮނުމެދު ( ގާނާފައި)
- 1 މޭޭޒުމަތީ ސަމުސާ އިނގުރު( ޗިސްކޮށްފައިހުރި)
- 1 ސައިސަމުސާ އަސޭމިރުސް( މުގުރި)
*************************************************
- ފުށްގަނޑަށް: 400 ގ. ފުށް
- 2 ބިސް
- 1 މޭޒުމަތީ ސަމުސާ ބަޓަރ
ތައްޔާރުކުރާނެގޮތް:
ފުރަތަމަ ފިޔާކޮޅުގެ ދެބައިކުޅަ އެއްބަޔާއި ހިކަނދިފަތުގެ ދެބައިކުޅަ އެއްބަޔާއ ހުތް، މަސް އަދި ލޮނު އެއްކޮށް މޮޑެފައި ބަހައްޓާށެވެ.
ދެން ތަވާ އުނދުން މައްޗަށް އުދާލުމަށްފަހު، ކުޑަ ތެޔޮ ފޮދެއް އަޅާފައި ހޫނުވީމާ ބާކީ ފިޔާ، ހިކަނދިފަތް އަޅާލާށެވެ. އެއަށްފަހު ފިޔާކޮޅު ރަތްވީމާ އިނގުރާއި އަދި ހާވާދު ގެ ބާވަތްތައް ވެސް އަޅާލާފައ މޮޑެފައިހުރި މަސްވެސް އަޅާފައި ހަނާކޮށްލާށެވެ.
ދެން ފުށްގަނޑަށް ބޭނުންވާ 3 ބާވަތް އެއްކޮށްފައި ފެންފޮދެއްއަޅާފައި ފުށްގަނޑު ދަމާލެވޭވަރަށް މޮޑެލާށެވެ. އަަދި ފުށްގަނޑުން ކުދިކޮށް ގުޅަ ގުޅަ ހަދާލާފައި ކޮންމެ ގުޅައެއްވަކިން ދަމާލުމަށްފަހު ކޮންމެ ރޮށްޓަކަށް މަސްކޮޅެއް ލާފައި ތިނެސް ކަނަށް ވާގޮތަށް ފަތް ޖަހާލާށެވެ. ނުވަތަ ބޮޑު ކޮށް ވަށްކޮށް ރޮށްޓެއް ދަމާފައި ވީޝޭޕަށް ކަފާލުމަށް ފަހު މަސްކޮޅެއް ލާފައި ބައްދާލާށެވެ. ނުވަތަ ބަޖިޔާތަތްގަނޑުން ހަދާލާށެވެ.ފުށްކޮޅެއް އޮލަކޮށް ގިރާފައި ކާރިފަށް ތަތްކޮށްލާށެވެ.
އެއަށްފަހު ޓްރޭއެއްގައި ބަޖިޔާތައް އަތުރާލާފައި އަވަނުން ފިހެލާށެވެ. ބަޖިޔާވެސް 4-5 ގޮތަށް ތައްޔާރު ކުރެއެވެ.