ލިޔުނީ: އަޒްހީން

ހައި ރިސްކް އެންވަޔަރްމެންޓް ތަކުގައި މަސައްކަތް ކުރާ މުވަޒަފުން ހިމެނޭ ކުންފުނިތަކަށް މިހާރަށް ވުރެ ޝާމިލްކަން ބޮޑު ގޮތެއްގައި ރިސްކް އެލަވެންސް ތައާރަފް ކުރަން މަސައްކަތް ކުރައްވާނެ ކަމަަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނުކުފާނު މިހެން ވިދާޅުވީ ރައީސް އޮފީހުން ކުރިއަށް ގެންދާ ''ރައީސްގެ ޖަވާބު" ސިރީސްގެ މިއަދުގެ ސެގްމެންޓުގައި މާލެ ސިޓީ، މއ.ސްނޯލައިޓް، އާމިނަތު ނަތާޝާ ސަރުކާރުގެ ބައެއް ކުންފުނިތަކުން ރިސްކް އެލަވެންސް ނުލިބޭތި ކުރެއްވި ސުވާލަކަށް ޖަވާބުދެމުންނެވެ.

ރައިސް މުއިޒް ވިދާޅުވީ މިހާރަށްވުރެ ރަނގަޅަށް، ވީހާވެސް ގިނަ ހައި ރިސް އެންވަޔަރްމެންޓް ތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ރިސްކް އެލަވެންސް ހަމަޖައްސައިދިނުމުގެ ކަންތައް ބައްލަވާނެކަމަށެވެ.