އިސްލާމީ މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ދިމާވި ސިއްހީ މައްސަލައަކާ ގުޅިގެން, އިމާމުވެ ތަރާވީސް ނަމާދުކުރުން މެދުކަނޑާލައްވައިފައިވާކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލޭ ރަޝީދު މިސްކިތުގައި އިމާމުވެ ތަރާވީހު ނަމާދު ކުރައްވަމުން ގެންދެވި ދިމާވި ސިއްހީ ސަބަބަކާ ގުޅިގެން ގިނައިރު ކޮޅަށް ހުންނަން ދަތިވުމާ ގުޅިގެން ތަރާވީހު ނަމާދުކުރުން މެދުކަނޑާލަން ޑޮކްޓަރު ލަފާ ދެއްވާފައިވާ ކަމަށެވެ. ނަމަވެސް މެދުވެރިވީ ކޮން ސިއްހީ ސަބަބެއް ކަމަށް އެމަނިކުފާނެއް ހާމަކުރައްވާފައެއް ނުވެއެވެ.
މީގެއިތުރުން އެމަނިކުފާނު ވަނީ މިކަމާ ގުޅިގެން ވަރަށް އަވަހަށް ސާޖަރީއަކަށް ވަޑައިގަންނަވަން ޖެހިފައިވާކަންވެސް ވިދާޅުވެފައެވެ.