ލިޔުނީ: އަޒްހީން

ޕީއެންސީގެ ރައީސް އަދި ސަރުކާރުގެ ކޯލިޝަން ލީޑަރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ގެންދަވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ތާއިދު ހޯދުމަށް ޑޯޓުޑޯ ކެމްޕެއިނެއް ހިންގަވަމުންނެވެ.

މި ކެމްޕެއިންއަކީ ސަރުކާރުގެ ކޯލިޝަންގެ ފަރާތުން މާލެ ސިޓީގެ އެކިއެކި ދާއިރާތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރާ ކެމްޕެއިންއެކެވެ.

މިކެންޕެއިނުގެ ދަށުން މާދަމާ މެންދުރު 1:45 ގައި ރައިސް މުއިޒް، މައްޗަންގޮޅި އުތުރު ދާއިރާގައި ޑޯޓުޑޯއަށް ހިންގަވަން ހަމަޖެހިފައިވާކަމަށް ޕީއެންސީ ހާމަކޮށްފިއެވެ. ޑޯޓުޑޯ ފައްޓާ ގޮތަށް ހަމަޖެހިފައި ވަނީ ޕީއެންސީގެ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދުގެ މެޖޯރިޓީ ޖަގަހަ ކުރިމަތިންނެވެ،

އޭޕްރީލް މަހުގެ 21 ވަނަ ދުވަހަށް ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ޕީއެންސީގެ ފަރާތުން 89 ކެންޑިޑޭޓުން ނުކުންނާނެއެވެ. 284،887 މީހުންނަށް މި އިންތިހާބުގައި ވޯޓިލުމުގެ ހައްގު ލިބިފައިވާއިރު، 368 ކެންޑިޑޭޓުން ވާދަކުރައްވާނެއެވެ.