ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ރާއްޖެ ވަޑައިގެންފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގަތީ މިރޭގެ ވަގުތެއްގައި ކަމަށެވެ. އަދި އެ ދަކަނބަލުންއެ ގައުމަށް ކުރެއްވި މި ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއް ކަމަށްވެސް އެ އޮފީހުން ވިދާޅުވިއެވެ.
ނަމަވެސް މި ދަތުރުފުޅާ ބެހޭ އެއްވެސް ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.
މިއީ ރައީސް ޑރ. މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ސިންގަޕޫރަށް ކުރެއްވި ދެވަނަ ނުރަސްމީ ދަތުރުފުޅެެވެ.