ދުނިޮޔޭގެ އެންމެ އުސް އިމާރާތް ކަމުގައިވާ ދުބާއީގެ ބުރްޖް ހަލީފާ، ރަޝިިޔާގެ ދިދައިގެ ކުލަތަކުން ދިއްލާލައިފިއެވެ.

ބުރްޖް ހަލީފާ ރަޝިޔާގެ ދިދައިގެ ކުލަތަކުން ދިއްލާލީ މިދިޔަ ހުކުރު ދުވަހު ރަޝިޔާގެ ކްރޮކަސް ސިޓީ ހޯލުގައި ހިނގި ހާދިސާއާއި ގުޅިގެންނެވެ. ޓާސް އިން ރރިޕޯޓު ކުރާގޮތުގައި ބުރްޖް ހަލީފާ ދިއްލާލީ މި ހާދިސާގައި މަރުވެދިޔަ މީހުންގެ ހިތާމައިގައި ބައިވެރި ވުމުގެ ގޮތުންނެވެ. އަދި އެ އިމާރާތުގައި އަރަބި އަދި އިނގިރޭސި ބަހުން 'ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ތާއިދު ރަޝިޔާއާއެކު' ލިޔެފައިވާ ލިޔުމެއް ފެނިގެން ދިޔައެވެ. ދުބާއީގެ ކަމާބެހޭ ފަރާތްތަކާއި ބުރްޖް ހަލީފާގެ ޑިވެލޮޕްމަންޓް ކުންފުނިން އިންތިޒާމްކުރި މި ހަރަކާތް އެތައް މިނެޓެއް ވަންދެން ކުރިއަށް ގެންދިޔައެވެ.

މިދިޔަ ހުކުރު ދުވަހު އައިސް ޓެރަރިސްޓް ޖަމިއްޔާއިން ވަނީ ރަޝިޔާގެ ކްރަސްނޮގޯރސްކް ސިޓީގެ ކްރޮކަސް ސިޓީ ހޯލަށް ހަމަލާދީފައެވެ. ރަޝިޔާގެ އިންވެސްޓިގޭޓިވް ކޮމިޓީން ބުނާގޮތުގައި މި ހަމަލާގައި މަރުވި މީހުންގެ އަދަދަކީ 133ކެވެ. ރަޝިޔާގެ ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ޒަޚަމްވެފައިވަނީ 147 މީހެކެވެ. ޓެރަރިސްޓް ހަމަލާގައި ބައިވެރިވި ކަމަށް ޝައްކުކުރެވޭ 11 މީހަކު މިހާރު ވަނީ ރަޝިޔާގެ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.