ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅެނިކޮށް ކަރަންޓްގައި ޖެހި މީހަކު ރޭ މަރުވެއްޖެއެވެ.
ހޮސްޕިޓަލްގެ ޑޮކްޓަރުންނާ ހަވާލާދީ، ސްޓެލްކޯއިން ވިދާޅުވިގޮތުގައި އެ މީހާ ގެންދިޔައިރުވެސް އޮތީ މަރުވެފައިއެވެ.
މީކަމާގުޅިގެން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ހުޅުމާލެ 2 ގެ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ރަންޓުގައިޖެހި ހިތާމަވެރި ހާދިސާއެއް ރޭ ވަނީ ހިނގާފައިވާ ކަމަށެވެ.
މީގެއިތުރުން ފަހުމީ ވިދާޅުވީ ސްޓެލްކޯގެ ޓްރާންސް ފޯމަރުތަކުން ވައްކަން ކުރާ މައްސަލަ ވަނީ ބޮޑުވެފައި ކަމަށެވެ. އަދި އެއީ ވައްކަން ކުރާ މީހުންނަށް ވެސް ނުރައްކާތެރި ކަމެއް ކަމަށް އެމަނިކުފާނު ވަނީ ހަނދާންކޮށްދެއްވާފައެވެ.
ހަމައެއާކު އެމަނިކުފާނުގެ ޕޯސްޓްގައި އިތުރަށް ވިދާޅުވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ފަތިހު އަދި ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެން މެދުވެރިވީވެސް ޓްރާންސްފޯމަރުތަކުން ވައްކަން ކުރުމާ ގުޅިގެން ކަމަށެވެ.