ބޭނުންވާނެ ތަކެތި:
- ފުށްގަނޑަށް
- 300 ގ. ފުށް
- 2/1 1 ސައި ސަމުސާ އިންސްޓަންޓް އީސްޓް
- 35 ގ ކާސްޓަރ ޝުގަރ
- 60 އެމް .އެލް ތާފަނާ ފެން
- 4/1 ސައިސަމުސާ ލޮނު
- 125 އެމްއެލް ތާފަނާ ދިޔާ ކިރު
- 25 ގ ބަޓަރ ދިޔާކޮށްފައި ހިހޫ ކޮށްފައި ހުރި
- 1 ބިސް ގިރާފައި
- ފިލިންގ
- 45 ގ އަންސޯލްޓެޑް ބަޓަރ
- 100 ގ. ބްރައުން ޝުގަރ
- 1 މޭޒުމަތީ ސަމުސާ މުގުރި ކާފޫރުތޮޅި
- މަތީގައި ހޭކުމަށް
- 45 ގ ކްރީމް ޗީޒް
- 25 ގ. އަންސޯލްޓެޑް ބަޓަރ
- 2/1 ސައި ސަމުސާ ވެނީލާ އެސެންސް
- 75 ގ . އައިސިންގ ޝުގަރ
- 1 މޭޒުމަތީ ސަމުސާ ދިޔާ މިލްކް
ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ އީސްޓުގެ 1 ސައި ސަމުސާ ހަކުރު ތާފަނާ ފެން ފޮދާއި އެކު ބޯލް އަކަށް އަޅާފައި 5 މިނިޓް ވަންދެން ބަހައްޓާށެވެ. ދެން ފުށް ބޮޑުބޯލްއަކަށް އަޅާފައި އޭގެ ތެރެއަށް ބާކީ ހުރި ހަކުރާއި ލޮނު އެއްކޮށްފައި ލަކުޑި ސަމުސަލުން އެއްކޮށްލާށެވެ. އެއަށްފަހު ކިރާއި ބަޓަރާއި ބިސް އަދި ގިރާފައި ހުރި އީސްޓްވެސް އެބަޔާއި އެއް ކޮށްލާށެވެ. ހުރިހާ ބާވަތެއްއެއްކޮށްފައި ކަވަރ ކޮށްފައި ދޮޅުގަޑި އިރުވަންދެން ބަހައްޓާށެވެ.
ދެން ބޭކިންގ ޓްރޭގައި ބަޓަރ ހާކާފައި ޕާރޗްމަންޓް ޕޭފަރ ފަތުރާފައި ބަހައްޓާށެވެ. މުގުރި ކާފޫރު ތޮޅިކޮޅާއި ބްރައުން ޝުގަރ މިކްސްކޮށްފައި ބަހައްޓާށެވެ. އަދި ފުށްގަނޑު ކަވަރުން ނައްޓާފައި ސަމުސަލުން އެއްކޮލާށެވެ.
އެއަށްފަހު ދެން ފުށް މޮޑޭ މޭޒު މައްޗަށް ހިކި ފުށްކޮޅެއް ބުރުވާފައި ކަވަރ ކުރި ފުށްގަނޑު މޭޒު މަތީގައި ބާއްވާފައި ކުޑަކޮށް ހާކާލާފައި ( ފުށް މޮޑޭ ގޮތަކަށް ނުމޮޑޭނެ ) އިންޗި އެއްގެ 3/1 ބޯމިނަށް ހަތަރެސްކަނަށް ދަމާލާށެވެ.
ދެން ފުށްގަނޑު މަތީގައި ބަޓަރު ޕޭސްޓްރީ ބްރަޝް އަކުން ހާކާލާށެވެ. އަދި ބްރައުން ޝުގަރ އާއި އެއްކޮށްފައި ހުރި މުގުރި ކާފޫރުތޮޅި ފުށްގަނޑު މައްޗަށް ބުރުވާލާށެވެ. ފުށްގަނޑު ދިގަށް ރޯލެއް ގޮތަށް އޮޅާފައި ދެކޮޅު ރީތިކޮށްލާށެވެ. ދެން ދޮޅު އިންޗި ހުންނަ ވަރަށް ބުރި ބުރި ކޮށްލާށެވެ. ދެން ތައްޔާރުކޮށްފައި ހުރި ޓްރޭގައި ކަފާފައި ހުރިބައި މައްޗަށް ވާ ގޮތަށް އަތުރާފައި ކަވަރ ކޮށްފައި 45 މިނިޓް ވަންދެން ބަައްޓާށެވެ.
އެއަށްފަހު 180 ޑިގްރީ ސެލްސިއަސް ގައި 20 މިނިޓް ފިހެލާށެވެ. ފިހެވުނީމާ މަތީގައި ދިޔާ ކޮށްފައި ހުރި ބަޓަރ ކޮޅެއް ހާކާލާފައި 1 ގަޑި އިރު ބަހައްޓާށެވެ މަތީގައި ހާކާބައި ހުރިހާ ބާވަތް އެއްކޮށްފައި ފިއްސަކުން ރަނގަޅަށް ގިރާލާފައި ރޯލްތައް މަތީގައި ހާކާލާށެވެ.
ނޯޓް: ޖުވޭސް ރެސިޕީ