އދ.ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް މިސްރާއި ޣާއްޒާ ބޯޑަރަށް ޒިޔާރަތް ކޮށްފިއެވެ.

އެންޓޯނިއޯ ގުޓާރޭޒް ޣައްޒާއާއި މިސްރުގެ ބޯޑަރަށް ޒިޔާރަތް ކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ޣައްޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާރު 32،000 އަށް އަރައިފައިވާއިރު އެންޓޯނިއޯ ވަނީ ޣައްޒާއަށް ދެމުންދާ ހަމަލާތަށް ވަގުތުން ވަގުތަށް ހުއްޓާލުމަށް އެކި ފަހަރު މަތިން ގޮވާލާފައެވެ. މިގޮތުން މި ހަމަލާތަށް ހުއްޓުވުމައްޓަކައި އެންމެ ފަހުން އދ.ގެ ސަލާމަތީ މަޖިލީހުގައި އެމެރިކާއިން ވަނީ ގަރާރެއް ހުށައަޅާފައެވެ. ނަމަވެސް ރަޝިޔާއާއި ޗައިނާއިން މި ގަރާރާ ދެކޮޅަށް ވީޓޯ ކުރުމުން މި ގަރާރު ވަނީ ބާތިލް ކުރެވިފައެވެ.

މީގެއިތުރުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތޮނީ ބްލިންކެން އާއި އިޒްރޭލުގެ އިސް ވެރިން ވަނީ މިދިޔަ ހުކުރު ދުވަހު ބައްދަަލު ކުރައްވާފައެވެ. މި ބައްދަލުވުމުގައި އެންތޮނީ ވަނީ މި ރަމަޟާން މަހު ރަފާހަށް ހަމަލާ ނުދިނުމަށް ނަސޭހަތްތެރިވެފައެވެ. ރަފާހަކީ ޣައްޒާގައި އެންމެ ގިން މީޙުން ދިރިއުޅޭ ސަރައްހަދެވެ. ނަމަވެސް ޔަހޫދީންގެ ލީޑަރު ނަތަންޔާހު ވަނީ ރަފާހަށް ހަމަލާ ދޭނެ ކަމަށް ބުނެފައެވެ. އަދި އިޒްރޭލުންގެ ސިފައިން ރަފާހަށް ފޮނުވާނެ ކަމަށް ވެސް ބުުނެެފައެވެ.