ޣައްޒާގައި ޒަހަމް ވެފައިވާ އެތައް ބަޔަކަށް ފަރުވާދެމުންދާ އަލް ޝިފާ ހޮސްޕިޓަލް ހަލާކު ކޮށްލާނެ ކަމަށް އިޒްރޭލުގެ ސިފައިން އިންޒާރު ދީފިއެވެ.

ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން މައުލޫމާތު ދޭ ގޮތުގައި އިޒްރޭލުގެ ސިފައިން ވަނީ ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލުގައި ތިބި ސިއްހީ މުވައްޒަފުންނާއި ބަލި މީހުންނަށް ބިރު ދައްކާ، އެ ތަން ހަލާކު ކޮށްލާނެ ކަމަށް އިންޒާރު ދީފައެވެ. އިޒްރޭލުން ބުނެފައިވަނީ އެ އިމާރާތުގައި އެތެރޭގައި ބަލިމީޙުންނާއި މުވައްޒަފުން ތިއްބާ އެތަން ހަލާކު ކޮށްލާނެ ކަމަށެވެ. އަދި އިޒްރޭލުން ވަނީ އެ ހޮސްޕިޓަލުގައި ތިބި ހުރިހާ އެންމެން އެތަނުން ނިކުމެގެން ދިޔުމަށް އަމުރު ކޮށްފައެވެ. އިޒްރޭލުން އެންމެ ފުރަތަމަަ ޝިފާ ހޮސްޕިޓަލަށް ހަމަލާ ދީފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގައެވެ.

އޮކްޓުބަރު 7ގެ ފަހުން އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާގައި 32,226 އަށްވުރެގިނަ މީހުން ވަނީ ޝަހީދުވެފައެވެ. މީގެތެެރޭގައި 13،000 އަށް ވުރެގިނަ ކުޑަކުދިން ހިމެނެއެވެ. އަދި ބަނޑުހައި ހޫނު ކަމަށް ކެތް ނުކުރެވިގެން ޝަހީދުވި އެތައް ބަޔަކު ހިމެނެއެވެ. އަދި 74,518 އަށް ވުރެގިން މީހުން ޒަހަމް ވެފައިވާ އިރު، މީގެ 70 އިންސައްތަ ހިއްސާ ކުރަނީ އަންހެނުންނާއި ކުޑަކުދިންނެވެ.