އދ.ގެ ފަލަސްތީނާއި ބެހެ އިދާރާއިން ޣައްޒާއަށް ފޯރުކޮށްދޭ އެހީ، އިޒްރޭލުން ހުއްޓުވައިފިއެވެ.

އދގައި ފަލަސްތީނުގެ ރައްޔިތޔުންނަށް ހާއްސަކޮށް ހެދިފައިވާ އިދާރާ ކަމަށްވާ ޔުންއިޓެޑް ނޭޝަންސް ވޯކް އެންޑް ރިލީފް އޭޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް ( ޔޫއެންއާރުޑަބްލިއުއޭ) އަކީ ޣައްޒާގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދޭ އިދާރާއެކެވެ. ނަމަވެސް އިއްޔެގެ ވަގުތެއްގައި ގަތަރުގެ ޓީވީ ޗެނަލް އަލްޖަޒީރާއިން ރިޕޯޓު ކޮށްފައިވަނީ އިޒްރޭލުން ޔޫއެންއާރުޑަބްލިއުއޭގެ އެހީގެ ތަކެތި ޣައްޒާގެ ބޯޑަރުން އެތެރެ ކުރުން މަނާ ކުރި ކަމަށެވެ.

މީގެއިތުރުން އދގެ ޔޫއެންއާރުޑަބްލިއުއޭ އަށް ފަނޑުކުރުން ވެސް އެތައް ގައުމަކުން ވަނީ ހުއްޓާލާފައެވެ. މިގޮތުން ޔޫއެންއާރުޑަބްލިއުއޭ އަށް ފަންޑުކުރުން ހުއްޓާލައިފައިވާ ގައުމުތަކުގެ ތެރޭގައި އެމެރިކާ، ފްރާންސް އަދި ޖަރުމަނު ހިމެެނެއެވެ.

އޮކްޓުބަރު 7ގެ ފަހުން އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާގައި 32,226 އަށްވުރެގިނަ މީހުން ވަނީ ޝަހީދުވެފައެވެ. މީގެތެެރޭގައި 13،000 އަށް ވުރެގިނަ ކުޑަކުދިން ހިމެނެއެވެ. އަދި ބަނޑުހައި ހޫނު ކަމަށް ކެތް ނުކުރެވިގެން ޝަހީދުވި އެތައް ބަޔަކު ހިމެނެއެވެ. އަދި 74,518 އަށް ވުރެގިން މީހުން ޒަހަމް ވެފައިވާ އިރު، މީގެ 70 އިންސައްތަ ހިއްސާ ކުރަނީ އަންހެނުންނާއި ކުޑަކުދިންނެވެ.