ލިޔުނީ : އަޒްހީން

ދަރުމަވަންތަ މިސްކިތުގެ ފާރުތަކުގައި ހަރުކޮށްފައި ހުރި ދެ ފަންކާ ވަގަށް ނަގާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ރޭ އެކްސް މެދުވެރިކޮށް ބުންޔެވެ.

މިހާދިސާއާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ވަނީ ފުލުހުންނަށް ރަސްމީކޮށް މައްސަލަ ހުށަހަޅާފައެވެ. ކަންބޮޑުވުން ފާޅުކުރައްވަމުން މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މިފަދަ އަމަލުތައް ހުއްޓުވުމަށް ރައްޔިތުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މިސްކިތަށް ގެއްލުން ދިނުމުގެ ހާދިސާތައް މަދުން ނަމަވެސް، އެކަންކަން ހިނގަމުން ދެއެވެ. ދާދި ފަހުންވެސް މާލެ ދެ މިސްކިތަކަތް ވަނީ ގެއްލުން ދީފައެވެ. މިސްކިތްތަކުގައި ސީސީޓީވީ ކެމެރާ ހަރުކޮށްފައި ހުރި ނަމަވެސް މިފަދަ ކަންކަން ހުއްޓުވުމަށް އެކަށީގެންވާ ހައްލެއް އަދި ވެސް ހޯދިފައެއް ނުވެއެވެ.