އ. ދިއްދޫގެ ކަރަންޓް ހާލަތު ރަނގަޅުކުރުމަށް އެ ރަށަށް ގެންދާ 1 މެގަވޮޓްގެ ޖަނަރޭޓަރު ސެޓް މިއަދު ފޯރާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

ފެނަކައިން އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ދިއްދޫގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ބޭނުންވާ އެ ޖަނަރެޓަރ އެރަށަށް ފޮނުވުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ.

މީގެއިތުރުން އެ ކުންފުނިން އިއްޔެ ވިދާޅުވެފައިވަނީ މިއަދުގެ ވަގުތެއްގައި ދިއްދޫއަށް ފޯރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އަދި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުއާޒު މުހައްމަދު ރަޝީދު ވަނީ މިހާރަށް ކޮންމެހެން ބޭނުންވާ 6 ރަށަކަށް ޖެނެރޭޓަރުސެޓް ގެންގޮސް ހިދުމަތް ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މީގެކުރިން ވިދާޅުވެފައެވެ.