ސެންޓްރަލްރީޖަންގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ކުރިއަށްގެންދާ މަގުހެދުމުގެ މަޝްރޫއުތަކުގެ ތެރެއިން ނ. ހޮޅުދޫގެ އިތުރުން މ. މުލަކާއި ދ. ކުޑަހުވާދޫގައި މިވަގުތު ކުރިއަށްދާ މަސައްކަތްތަކުގެ ތަފުސީލު އެ ކުންފުނިން ހިއްސާކުރައްވައިފިއެވެ.

ނ.ހޮޅުދޫ: އާރްޑީސީން ވިދާޅުވީ ސެންޓްރަލް ރީޖަންގައ ހިމެނޭ ހޮޅުދޫގައި މިހާރު ކުރިއަށްދަނީ އުނިމާ މަގުގައި ކުރިއަށްދަނީ ޖަންކްޝަން އެޅުމުގެ މަސައްކަތާ އަދި އެޅިފައިވާ ޖަންކްޝަންތައް ރަނގަޅު ކުރުމުގެ މަސައްކައް ކަމަށެވެ. އަދި ހިނގާ ބިނގާވެ އުޅޭ ފަރާތްތަކަށް ރައްކާތެރިކަން ކަޝަވަރު ކޮށްދިނުމުގެ ގޮތުން މަދަރުސާ މަގު ސާފުކުރުމުގެ މަސައްކަތްވަނީ ކުރިއަށް ގެންދެވިފައިވާ ކަމަށްވެސް އެ ކޯޕަރޭޝަނުން ވިދާޅުވިއެވެ. މީގެއިތުރުން ޓިއުލިޕް ހިނގުމުގައި ސްޓޯރމް ވޯޓަރ ނެޓްވޯކްގެ މަސައްކަތާއި މަގު ކޮނުމުގެ އިތުރުން ފެން ހިންދާ ނިޒާމުގެ މަސައްކަތްތައް ހޮޅުދޫގައި ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން އެ ކޯޕަރޭޝަނުން ވިދާޅުވީ މ. މުލަކު ސޯސަން މަގުގައި ސްޓޯރމް ވޯޓަރ ނެޓް ވޯކްގެ އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުން އަންނަ ކަމަށާއި އެގޮތުން ސްޓޯރމް ވޯޓަރ ޓޭންކް ބެހެއްޓުމާއި ހޮޅި އެޅުމުގެ މަސައްކަތްދަނީ ކުރަމުން ކަމަށެވެ. އަދި ހުސޭނީ މަގުގައި ޕޭވިންގެ މަސައްކަތާއި މަގުގެ ފަސްގަނޑު އެއްވަރު ކުރުމުގެ މަސައްކަތުގެ އިތުރުން މަގުބައްތި ޖެހުމަށް ކުރަންޖެހޭ މަސައްކަތްތަކާ އަމީނީމަގުގައި ބެހެއްޓިފައިވާ ސްޓޯރމް ވޯޓަރ ޓޭންކްތައް ލެވެލްކުރުމުގެ މަސައްކަތްވަނީ ކުރެވިފައިވާ ކަމަށް އާރްޑީސީން ވިދާޅުވެފައިވެއެވެ.

އާރްޑީސީން ވިދާޅުވީ ދ. ކުޑަހުވަދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތްތައް މިވަގުތު ކުރިއަށްދަނީ ބޮޑުރަސްގެފާނު މަގާއި ފަރީދީމަގާއި އަދި ސޯސަންމަގުގައި ބޮޑު ރަސްގެފާނު މަގުގައި ބެކްފިލިންގ މަސައްކަތްތައް ކުރަމުންދާއިރު ފަރީދީމަގުގައި ކުރިއަށްދަނީ ސްޓޯރމް ވޯޓަރ ނެޓްވޯކްގެ މަސައްކަތްތައް ކަމަށެވެ.

އަދި ސްޓޯރމް ވޯޓަރ ޓޭންކްތައް ބެހެއްޓުމާއި ހޮޅި އެޅުމުގެ އިތުރން ޑީވޯޓަރިން ހޮޅި އެޅުމުގެ މަސައްކަތްވެސް ދަނީ ކުރިއަށް ކަމަށްވެސް އާރްޑީސީން ހާމަކުރައްވާފައިއެވެ

މި ރަމަޟާންމަހު އެ ކޯޕަރޭޝަނުން މި ރީޖަންތަޖުގެ ރަށްތަކުގައި މަސައްކަތް ކުރަމުންދަނީ ރޭގަނޑުއެވެ.