އިސްލާމް ދީނުގެ އަސްލުތަކަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓް ނެރުނު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ އިސްވެރިންނަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުން ބޮޑެތި މުސާރަތަކާއެކު ދައުލަތުގެ ވަޒީފާތައް ދިންއިރު، އެފަދަ ބަޔަކަށް ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ދިވެހި ރައްޔިތުން މެޖޯރިޓީ ދޭންވާނެތޯ ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ލިޑަރ އަދި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ސުވާލު ކުރައްވައިފިއެވެ.
ރައީސް މިސުވާލު ކުރެއްވީ ހޮޅުދޫ ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ އަބްދުއްސައްތާރު މުހައްމަދު (ސަޓޯ) ގެ ޖަގަހަ ހުޅުވުމަށް މިރޭ ހުޅުމާލޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މުޅި ރާއްޖެ ކައްކުވާލި އެމްޑީއެން ރިޕޯޓް ނެރުނީ 2019 ވަނަ އަހަރުއެވެ. ކީރިތި ރަސޫލާ އަށާއި އިސްލާމް ދީނުގެ އަސްލުތަކަށް އެރިޕޯޓުގައި ފުރައްސާރަކޮށްފައިވާއިރު، އެމްޑީއެންގެ އިސްވެރިން ގޮތުގައި ތިބި ބައެއް މީހުން އޭރުވެސް ތިބީ އޭރުގެ ސަރުކާރުން ހަމަޖައްސައިދީފައިވާ ސިޔާސީ މަގާމްތަކުގައެވެ.
"އެފިކުރުގަ (އެމްޑީއެން) ތިބި ބަޔަކަށް އަޅުގަނޑުމެން ޖާގަ ދޭންވީ ސަބަބު އަޅުގަނޑުމެން ނިކަން ދައްކަވަން އެބަޖެހޭ ނޫންތޯ. އިސްލާމްދީން ދެކެ ލޯބިވާ އަޅުގަނޑުމެންގެ ދިވެހި ރައްޔިތުންނަށް ޖަވާބު ދެއްވަން ޖެހޭ ސުވާލެއް މިއީ" އިދިކޮޅަށް ސުވާލު އަމާޒު ކުރައްވައި ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއަދު، ދިވެހި ރައްޔިތުން އެފަދަ ބަޔަކަށް ދެވަނަ ފަހަރަށް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ދިނުމާމެދު ދިވެހި ވިސްނަވަން އެދިވަޑައިގެންފައެވެ.
އެފަދަ މީހުން ސަރުކާރުގެ ވަޒީފާތަކުގައި ބޭތިއްބުންވެސް ރަނގަޅުތޯ އަހާލާން ބޭނުން