ބޭނުންވާ ތަކެތި:
- 18 ބިސް
- 150 ގ. ހަކުރު
- 150 ގ. ފުށް
- 200 ގ.ކޯންފްލާރ
- 1 ޖޯޑު ރޯސް ސިރަޕް
- ފިޔާތޮށި ކުލަކޮޅެއް
- ރޯޒް ކްރީމްރޯޒް ޖޭމް
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ހަކުރާއި ބިސް ފޮނު އަރަންދެން ރަނގަޅަށް ގިރާލާށެވެ. ދެން ދެވައްތަރު ފުށް އެއްކޮށް މިކްސްކޮށްފައި އެއްކޮށްލާށެވެ. އަދ ރޯޒް ސިރަޕް ވެސް އެއްކޮށްލާށެވެ. އެއަށްފަހު ޓްރޭގައި ބޭކިންގ ޝީޓް އަޅާފައި ތުނިކޮށް ފަތުރާލާ އަވަންގެ ހޫނުމިން 180 ޑިގްރީގައި 6 މިނިޓް ވަރު ފިހެލާށެވެ.
ދެން ކޭކް ފިހެވުމުން ނަގާފައި ކޭކް ހިހޫވުމުން ޓްރޭގައި ބޭކިންގ ޝީޓެއް ބާއްވާފައި މައްޗަށް ކުޑަ ހަކުރުކޮޅެއް ބުރުވާލާށެވެ.
އަދި މަތީގައި ކޭކް ބާއްވާ، އަނެއް ފުށަށް ކޭކް ޖަހާފައި އެފަރާތުގައި ރޯޒް ކްރީމް ހާކާލާށެވެ. އެއަށްފަހު ރޯލެއް ގޮތަށް ކޭކް އޮޅާފައި ފޮތި ފޮތި ކޮށްލާށެވެ. އަދި ކޮންމެ ފޮއްޗެއްގެ ކޮޅުގައި ރޯޒް ޖޭމްކޮޅެއް ޖަހަލާށެވެ.
ސްވިސް ރޯލް ވެސް ވަރަށްގިނަ ގޮތްގޮތަށް ތައްޔާރު ކުރެއެވެ.