ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރެވިފައިވާ ގޯތިތަކުގެ ތެރެއިން މަގުތަކަށް އަރާ ގޮތަށް ދޫކުރެވިފައިވާ ގޯތިތަކުގެ އިމުގެ ތެރެއަށް އަރާފައިވާ ތާރު ކެނޑުމުގެ މަސައްކަތް މިއަދު ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ފަށައިފިއެވެ.

އެޗްޑީސީން ބުނީ ބިންވެރިޔާ ސްކީމުގެ ދަށުން ކަނޑައަޅާފައިވާ ގޯތިތަކުގެ އިން ވަކިކުރުމަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށް ގޯތި ، ހަވާލުކުރުން އަވަސް ކުރުމަށް އެ ކޯޕަރޭޝަނުން ދަނީ ގިނަ މަސައްކަތް ތަކެއް ކުރަމުން ކަމަށެވެ.

އެގޮތުން، ގޯތި ދީފައިވާ ސަރަހައްދުތަކުގެ ބިން ސާފުކުރުމާއި ، ބައެއް ގޯތިތަކަށް އަރާފައިވާ ފެނާ ނަރުދަމާގެ ނެޓްވޯކް ބަދަލުކުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުން ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

އަދި ހާއްސަ އިސްކަމެއްގެ ގޮތުގައި މި ގޯތިތަކުގެ އިން ވަކިކޮށް ހަވާލުކުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރަމުން ދާ ކަމަށްވެސް ބުނެފައިވެއެވެ.