ބޭނުންވާ ތަކެތި:
- 250 ގ. ފުށް
- 1 ސައިސަމުސާ އިންސްޓަންޓް އީސްޓް
- 4 ލޮނުމެދު
- ހިމުންކޮށް ގާނާފައި2 މޭޒުމަތީ ސަމުސާ އޮލިވް ބަޓަރު
- 1 ސައި ސަމުސާބައި ހަކުރު
- 2 ސައި ސަމުސާ ހިކިކިރުވަރަށް ތާފަނާ ފެންފޮދެއް
- 1/3 ސައި ސަމުސާ ލޮނު
- 2 މޭޒުމަތީ ސަމުސާ އޮލިވް ބަޓަރ މަތީގައި ހޭމަށް
ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ ފުށް ކޮޅު ބޯލް އަކަށްއަޅާފައި މެދު ހާވާލާފައި އީސްޓް ލޮނު ، ބަޓަރ ކިރު،ހަކުރު އަދި ލޮނުމެދު އަޅާލާށެވެ. ދެން އިނގިލި ތަކުގެކުރިން ރަނގަޅަށް އެއްކޮށްފައި ފުށް ގަނޑު ތާފަނާފެނުން ރަނގަޅަށް އޮމާން ވާވަރަށްމޮޑެލާށެވެ.
އެއަށްފަހު ކޮތަޅަކަށް ލާފައި އައްސާފައި 25 މިނިޓް ވަންދެން ބާއްވާށެވެ. ނުވަތަ ފުފެންދެން ބާއްވާށެވެ. ފުފުމުން ކުދިކޮށް ގުޅަ ގުޅަ ކަނޑާފައި ތަންކޮޅެއް ބޯކޮށް ދަމާލާށެވެ.
ދެން ތަވާދޮންކޮށްގެން ފިހޭށެވެ. އަދި މަތީގައި ހޭކުމަށް ހުރި އޮލިވް ބަޓަރކޮޅު އެއްކޮށްފައި ނާން ތައް ހޫނުކަން ހުއްޓާ ޕޭސްޓްރީ ބްރަޝް އަކުން ނާނުތައް މަތީގައި ކުޑަކޮށް ހާކާލާލާށެވެ.
މި ބާވަތްތަކުގެ ފުށްގަނޑުން ގުޅަ ގުޅަ ކަނޑަން ރަނގަޅު ވާނީ ވީހާވެސް މަޑުމަޑުން ހިފަހައްޓާފައި ވަޅިއެއްފާޑު ތޫނު އެއްޗަކުން، އަދި ފުށްގުޅަ އޮމާން ކުރިޔަސް ނުފިއްތާ ފުށްކޮޅު ގެން ގުޅޭނީ ވީހާ ވެސްމަޑު މަޑުން ލުއިކޮށްވީހާވެސް ބަލައިގެންފިއްތާފަ އޮމާން ކުރުމުން ފުފޭ ގޮތް ކުޑަވާނެއެވެ.