ލިޔުނީ: އަޒްހީން

ލުއި ލޯނު މެދުވެރިކޮށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ވެފައިވާ ވައުދުތަކުގެ ތެރެއިން ހިންގާ "ހިޔާވަހި ފައިނޭންސް ސްކީމް" ކުރިއަށް ގެންދަން ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އާ ހަވާލު ކޮށްފިއެވެ.

ހައުސިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ހިޔާވަހި ފައިނޭންސް ސްކީމްގެ ދަށުން މުޅި ރާއްޖެއަށް އިސްލާމިކް ފައިނޭންސިންގެ މިންގަނޑުތަކާ އެއްގޮތަށް އަމަލުކޮށް، ފަސް ޕަސެންޓުގެ އިންޓަރެސްޓް ރޭޓެއްގައި ލޯނު ލިބޭނެ ކަމަށެވެ.

މިނިސްޓްރީގެ ބަޔާނުގައި ތަފްސީލުކޮށް ބަޔާންކޮށްފައިވާ ގޮތަށް މި ސްކީމް އެކުލަވާލަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ އަތޮޅު ތެރޭގެ ރަށްރަށަށް ހާއްސަކޮށްފައިވާ އެންމެ ގިނަވެގެން އެއް މިލިއަން ރުފިޔާގެ ސްކީމާއި ގްރޭޓޭރ މާލޭ އޭރިޔާއަށް ކަނޑައަޅާފައިވާ އެންމެ ގިނަވެގެން 3 މިލިޔަން ރުފިޔާ ނެނގޭ ލޯން ސްކީމެކެވެ.