ވޯލްޑް ބޭންކްއިން ޔޫކްރެއިނަށް 1.5 ބިލިޔަން ޑޮލަރު ލޯނު ކޮށްފި ކަމަށް ޔޫކްރެއިންގެ ޕްރައިމް މިނިސްޓަރު ޑެނިސް ޝްމިގާލް ވިދާޅުވެއްޖެއެވެ.

ޑެނިސް މިހެން ވިދާޅުވީ އޭނާގެ ޓެލެގްރާމް ޗެނަލްގައި ނެރުނު ބަޔާނެއްގައެވެ. މި ބަޔާނުގައި ވާގޮތުން ޔޫކްރެއިންނަށް މިމަސް ނިމުމުގެ ކުރިން ވޯލްޑް ބޭންކްގެ ފަރާތުން 1.5 ބިލިޔަން ޑޮލަރުގެ ލޯނެއް ލިބޭނެއެވެ. މި ލޯނުގެ 984 މިލިޔަމް ޑޮލަރު ފަންޑުކުރާނީ ޖަޕާނުންނެވެ. އަދި ބާކީ 516 މިލިޔަން ފަންޑު ކޮށްދޭނީ ޔޫކޭއިންނެވެ.

ޔޫކްރެއިން ސަރުކާރަށް 2024 ވަނައަހަރު ރެކޯޑު އަދަދަކަށް ހުޅަނގުން ވަނީ އެހީލިބިފައެވެ. މި އަހަރު މިހާތަނަށް 43.9 ބިލިޔަން ޑޮލަރު ވަނީ މާލީއެހީގެ ގޮތުގައި އެހެން ގައުމުތަކުން ލިބިފައެވެ. ޔޫކްރެއިން ސަރުކާރުން ބުނާގޮތުގައި މި އެހީގެ ބޮޑުބައި ބޭނުންކުރެވޭނީ އެގައުމުގެ ދިފާއި ބާރު ވަރުގަދަ ކުރުމަށެވެ. މީގެއިތުރުން ޔޫކްރެއިންނުން ވަނީ އެހެންގައުމު ތަކުގެ އެހީއާއި ނުލައި އާންމު މީހުންނަށް މުސާރަ ދޭންވެސް އުނދަގޫ ވާނެ ކަމަށް ބުނެފައެވެ.