ރަޝިޔާއިން ޣައްޒާއަށް 29 ޓަނުގެ އެހީގެ ތަކެތި ފޯރުކޮށްދީފި އެގައުމުގެ އެމާޖެންސީ މިނިސްޓްރީ އިން މައުލޫމާޓު ދީފިއެވެ.
ރަޝިޔާގެ ފްލައިޓެއް ވަނީ ޣައްޒާއަށް 29 ޓަނުގެ އެހީގެ ތަކެތި ފޯރުކޮށްދީފައެވެ. މިއީ ރަޝިޔާގެ ފަރާތުން ގައްޒާއަށް ލިބޭ އެހީގެ 20 ވަނަ ޝިޕްމެންޓްއެވެ. ރަޝިޔާއިން މައުލޫމާޓުދޭ ގޮތުގައި އެގައުމުގެ އައިއައި-76 ފްލައިޓު ވަނީ މިސްރުގެ ރެޑްކްރެސެންޓް ސޮސައިޓީއާއި މި އެހީގެ ތަކެތި ހަވާލުކޮށްފައެވެ. ރަޝިޔާގެ ޝިޕްމެންޓްގައި ހިމެނެނީ ފުށާއި، ސީރިއަލް އަދި ހަކުރު ބާވަތްތަކެވެ. މީގެއިތުރުން ގިނަ ދުވަސްތަކެއް ވަންދެން ބޭނުން ކުރެވޭ ބާވަތުގެ ކާނާވެސް އޭގައި ހިމަނާފައިވެއެވެ. އަދި ރީތިވާން ބޭނުން ކުރާ ސާމާނު ވެސް މިފަހަރުގެެ ޝިޕްމެންޓްގައި ހިމަނާފައި ވާނެ ކަމަށް ރަޝިޔާއިން މައުލޫމާތު ދެއެވެ.
ޖުމްލްގޮތެއްގައި މިހާތަނަށް ރަޝިޔާއިން ވަނީ ޣައްޒާއަށް 480 ޓަނުގެ އެހީ ފޯރުކޮށްދީފައެވެ. މީގެ ތެރޭގައި ކާބޯތަކެތި އަދި ބޭސްފަރުވާއަށް ބޭނުން ކުރާތަކެތި ހިމެނެއެވެ.