ދުނިޔޭގެ މުސްތަގުބަލު ބިނާވާނީ އެމެރިކާއާ ޗައިނާ ދެމެދު އޮތް ގުޅުމަށް ކަމަށް ޗައިނާގެ ރައީސް ޒީ ޖިންޕިންގް ވިދާޅުވެއްޖެއެވެ.

ޒީ ޖިންޕިންގް މިހެން ވިދާޅުވީ އެމެރިކާގެ ވިޔާފާރިވެރިންނާއިއެކު ޗައިނާގެ ގްރެއިޓް ހޯލް އޮފް ޕީޕަޕްގައި ބޭއްވުނު ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި އޭނާވިދާޅުވީ ދެގައުމުގެ ރައްޔިތުންގެ ދުޅަހެޔޮކަމާއި، އަދި މުޅި އިންސާނިއްޔަތުގެ މުސްތަގުބަލުވެސް ބިނާވެގެންވާނީ ޗައިނާއާއި އެމެރިކާ ދެމެދު އޮތް ގުޅުމަށް ކަމަށެވެ. މީގެއިތުރުން އޭނާ ވިދާޅުވީ އެމެރިކާއާއި ޗައިނާގެ ދެމެދު އޮތް ގުޅުން ރަނގަޅުގޮތެއްގައި ދެމެހެއްޓުމަށް ޓަކައި، ދެގައުމުންވެސް އެކަކު އަނެކަކަށް އިހުތިރަމު ކުރަން ޖެހޭ ކަމަށެވެ.

މީގެއިތުރުން ދެގައުމު ދެމެދު ކުރިއަށް ގެންދާ މަޝްރޫއު ތަށް ވަރުގަދަކޮށް، ގިނަކުރާނެ ކަމުގެ އުއްމީދު ލިބިފައިވާ ކަމަށް މި ބައްދަލުވުމުގައި ޒީ ޖިންޕިންގް ވިދާޅުވެފައިވެއެވެ.